އިޢުލާން
ވަޒީފާގެ ފުރުސަތު
|
އެޗްއާރް އެންޑް އެޑްމިން އޮފިސަރ
|
މަޤާމު
|
އޮފިސަރ
|
ކްލެސިފިކޭޝަން
|
މަހަކު -/6000 އާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގ އެލަވަންސް: މަހަކު -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
ކޯޕަރޭޓް މެނޭޖްމަންޓް ޑިޕާޓްމަންޓް
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި އެޗް.އާރް އެންޑް އެޑްމިންގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލްއެއްގައި މަސައްކަތްކޮށްފައިވުން
|
މަޤާމުގެ ޝަރުޠުތައް
|
- މި އޮފީހަށް އަންނަ ފޯން ކޯލްތަކަށާއި އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްދިނުމާއި ރިސެޕްޝަންގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކުރުން
- އޮފީހަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔުންތައް ރޫޓްކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ހަވާލުކުރުން
- މި ކޯޕަރޭޝަންގެ އާންމު އީމެއިލްއަށް އަންނަ މެއިލްތައް ބަލައި، މެއިލްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ޖެނެރަލް މެއިލްތަކަށް ޖަވާބުދާރީވުން.
- އޮފީހުގެ ސްޓޭޝަނަރީ ސްޓޮކްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން
- މި ކޯޕަރޭޝަންގެ އިދާރީ އެންމެހައި ކަންތައްތައް ބެލަހައްޓުމުގައި އެހީތެރިވުން
- އެހެނިހެން ޑިޕާޓްމަންޓްތަކަށް އޮފީސް ހިންގުމަށްޓަކައި ބޭނުންނާ އިދާރީ ކަންތައްތައް ފުރިހަމަކުރުން
- ކޯޕަރޭޝަންގެ ހިއުމަން ރިސޯސަސްއާ ގުޅުންހުރި މަސައްކަތްތައް، ސުޕަވައިޒަރުގެ ބެލުމުގެ ދަށުން ކުރުން
- މުވައްޒަފުންގެ ރިޕޯޓުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް ދުވަހުން ދުވަހަށް ހޯދުމާއި، އެ ރިޕޯޓުތައް ތައްޔާރުކުރުން
- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، މުވައްޒަފުންނަށް ހާޒިރީއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މަހުންމަހަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކުރުން.
- މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ ޕްރޮގްރާމުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން
- ކޯޕަރޭޝަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ގެނައުމާއި، ފޮނުވާލުމާއި، ބިދޭސީންނާ ގުޅުންހުރި އެހެނިހެން ކަންތައްތައް ކުރުން
- ހިއުމަން ރިސޯސަސްގެ މަސައްކަތުގައި އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުން
- ކޯޕަރޭޝަނުން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުން
|
މަޤާމުގެ މަސްއޫލިއްޔަތު
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާ ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލުކަން ހުރި މިންވަރު
- އެޗް.އާރްގެ މަސައްކަތްތައް ހިންގުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނުގެ ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގް ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް
|
އިތުރު މަޢުލޫމާތު
|
24 ޝަޢުބާން 1437
|