އިޢުލާން
ވަޒީފާގެ ފުރުސަތު:
|
މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީއާރް އޮފިސަރ
|
މަޤާމު
|
އޮފިސަރ
|
ކްލެސިފިކޭޝަން
|
މަހަކު -/6000 އާއި -/8500 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
މުސާރަ
|
- ލިވިންގް އެލަވަންސް: މަހަކު -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: މަހަކު -/3000 ރުފިޔާ
|
އެހެނިހެން ޢިނާޔަތްތައް
|
1 (އެކެއް)
|
ބޭނުންވާ އަދަދު
|
މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕީއާރ ޑިޕާޓްމެންޓް
|
ބޭނުންވާ ސެކްޝަން
|
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން، މާލެ
|
މަސައްކަތްކުރަންޖެހޭ ތަނާއި ރަށް
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މާކެޓިންގް ކޮމިއުނިކޭޝަންސްގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ސެޓްފިކެޓް ލެވެލްގެ ސަނަދެއް ނުވަތަ އެފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން، އަދި މާކެޓިންގ ކޮމިއުނިކޭޝަންސްގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ވަޒީފާއެއްގެ އެމް.އެސް 2 ގެ ލެވެލްއެއްގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން
|
މަޤާމުގެ ޝަރުޠުތައް
|
- ކޯޕަރޭޝަންގެ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި އަދި އެޕްލޭންގައި ހިމެނިފައިވާ ހަރަކާތްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- ކޯޕަރޭޝަންގެ ޕާޓްނަރުންނާއި އަދި ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން
- ކޯޕަރޭޝަންގެ ފަރާތުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކޮށް ތަރައްޤީކުރުމަށްޓަކައި މާރކެޓް ރިސާޗްތައް ކުރިއަށް ގެންދިއުމާއި އަދި އެ ޚިދުމަތްތައް އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ތަފާތު އެކި އުފެއްދުންތެރި ޚިޔާލުތައް ހޯދުމުގައި މަސައްކަތްކުރުން
- ކޯޕަރޭޝަންގެ ޚިދުމަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި އަދި ނޫސް ބަޔާން ފަދަ މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓުތައް ތައްޔާރުކުރުން
- ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓް ކުރުމާއި އަދި ޕަބްލިކް ރިލޭޝަންސާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުން
|
މަޤާމުގެ މަސްއޫލިއްޔަތު
|
މި މަޤާމަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ހަމަޖެހިފައިވާ އުސޫލުން އިތުރު ޢިނާޔަތްތައް ލިބޭނެއެވެ.
|
އިތުރު ޢިނާޔަތްތައް
|
މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.
|
އިންޓަވިއުކުރުމާއި، އިމްތިޙާން ކުރުން
|
- ވަޒީފާގެ ދާއިރާގެ މަސައްކަތްތަކުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.
- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ފަންނީ ޤާބިލުކަން ހުރި މިންވަރު
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނުގެ ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ޑައުންލޯޑްކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓެއްނަމަ އެކްރެޑިޓްކޮށްފައިވުން).
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
2016 ޖޫން 9 ވާ ބުރާސްފަތި ދުވަހު 15:00 ގެ ކުރިން ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މެނޭޖިންގ ޑިރެކްޓަރަށް އެޑްރެސްކޮށް ގަލޮޅު ދަޑުގެ އެކޮމޮޑޭޝަން ބްލޮކްއަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.
|
ސުންގަޑި
|
މަޢުލޫމާތު ހޯދުމަށް (ހެނދުނު 8:00 އިން ހަވީރު 4:00 އަށް) ގުޅާނީ، 7826050 ނަންބަރު ފޯނަށް
|
އިތުރު މަޢުލޫމާތު
|
24 ޝަޢުބާން 1437
|