ވަޒީފާގެ ފުރުޞަތު
ނަންބަރު: GS78/IULAAN/2016/14
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 14 ޖޫން 2016 13:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަދަރުސާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމް ނަންބަރު:

188OD/22/2016/9

މަޤާމް އޮތް އޮފީސް:

މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އިދާރީ

މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް:

މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ

މުސާރަ:

މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

އެހެނިހެން ޢިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

މަޤާމުގެ ޝަރުޠު:

- އެކައުންޓިންގ/ފައިނޭންސް/ބިޒްނަސް/އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑްމިނިސްޓްރޭޝަން، މެނޭޖުމެންޓް، ހިޔުމަން ރިސޯސް މެނޭޖުމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެކައުންޓިންގ، ފައިނޭންސް، ބިޒްނަސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ހުރިހާ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް ހެދުން.

- ވަޒީފާގެ ބަޔާން ތައްޔާރުކުރުން.

- ސީނިއަރ މެނޭޖުމެންޓުގެ އޯވަޓައިމްގެ ކަންތައް ބެލެހެއްޓުން.

- ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި ހަމަޖެއްސުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

- ސެޕް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.

- ބިލްތައް އެންޓަރކޮށް، އޯޑަރފޯމް އެޓޭޗްކުރުން.

- ބިލްތަކުގެ ވައުޗަރ ހެދުމާއި ފައިލްކުރުން.

- ޕޭމަންޓް ވައުޗަރތައް އެސް އޭ ޕީ އަށް އެންޓަރކުރުމާއެކު ޕޯސްޓްކުރުވުން.

- ސަރކިއުލަރތައް އަޕްލޯޑްކުރުވުން.

- އެގްރިމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

 

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚްލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

ސުންގަޑި:

ޝަރުޠު ހަމަވާ ފަރާތްތަކުން، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 13.00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، މި މަދަރުސާއަށް ހުށަހެޅުން އެދެމެވެ.

 

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ތަޖުރިބާގެގޮތުގައި ހުށަހަޅާ ލިޔުމަކީ، އަމިއްލަ ފަރާތެއްގެ ލިޔުމެއްނަމަ، އެ ލިޔުމަކީ 300 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ތަނަކުން ލިބިފައިވާ ލިޔުމެއްކަމުގައި ވާންނާނެއެވެ. މިކަން ކަށަވަރުކުރާނީ، މި މަދަރުސާއިން އެތަނަކަށް ގުޅައިގެންނެވެ.)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

އިންޓަވިއު:

- މި މަޤާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ 15 ޖޫން 2016 އާއި 23 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި މަދަރުސަތުއް ޝައިޚް އިބްރާހީމުގައެވެ. އިންޓަވިއު އޮންނާނެ ގަޑި ފަހުން އެންގޭނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

 

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން:

އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، 6500097 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6500554 އެވެ. އީމެއިލްކުރަން ބޭނުންވާ ފަރާތްތަކުން މެއިލްކުރާނީ، [email protected] އަށެވެ.

 23 ޝަޢުބާން 1437

30 މޭ 2016