ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޕްރިންޓަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމް އޮތް އޮފީސް: |
އިސްދޫ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: |
އިސްދޫ ސްކޫލް / ލ. އިސްދޫ |
ސެކްޝަން: |
އެޑްމިން ސެކްޝަން |
މަޤާމުގެ ރޭންކް: |
އެސް. އެސް. 3 |
މަޤާމުގެ ކުލެސިފިކޭޝަން |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
މުސާރަ: |
މަހަކު-/3875 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
އެހެނިހެން ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތްކުރުމުން، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ. |
މަޤާމުގެ ޝަރުޠު: |
1. މަޤާމަށް ބެނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ ދާއިރާ: |
އިންފޮމޭޝަން ޓެކްނޮލޮޖީ |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ފޮޓޯކޮޕީ ހެދުމާއި ޕްރިންޓްކުރުން.
- ސްކޫލުން ފޮޓޯކޮޕީހައްދަން ބޭނުންވާ އެންމެހައި ތަކެތި، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބަލައި ޗެކުކޮށް ކޮޕީނަގައިދިނުމާއި، ޕްރިންޓްކޮށްދިނުން. - ޓީޗަރުން ޕްރިންޓްކުރުވާނަމަ ނުވަތަ ކޮޕީހައްދާނަމަ، އެޗްއޯޑީން އެކަމަށް ހުއްދަދީފައިވާ ސްލިޕް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރުމަށްފަހު ޕްރިންޓްކުރުން ނުވަތަ ކޮޕީހަދައިދިނުން. - ޗާޕްކުރަން ބޭނުންވާ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން މަސައްކަތް ބަލަހައްޓާ ފަރާތަށް އެންގުން. - 3 މަހުން އެއްފަހަރު ޕްރިންޓްކުރުމަށާއި ފޮޓޯކޮޕީނެގުމަށްދާ ޚަރަދުގެ ތަފްސީލު، ސެކްޝަނުގެ އިސްފަރާތާ ހަވާލުކޮށް މަޝްވަރާކުރުން. - ދަރިވަރުންގެ އުނގަންނައިދިނުމާ ގުޅޭގޮތުން ފޮޓޯކޮޕީހެދުމާއި ޕްރިންޓްކުރުމުގައި ދަތިނުވާނޭހެން މަސައްކަތް ކުރިޔަށްގެންދިޔުން. - ސްކޫލުގެ ޕްރިންޓިންގ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރުން. - ފޮޓޯކޮޕީ މެޝިންތަކާއި ޕްރިންޓިންގ މެޝިންތައް މަރާމާތުކުރުވުން. - ޕްރިންޓިން މެޝިންތަކާއި ފޮޓޯކޮޕީ ހަދާ މެޝިންތައް ގިނަދުވަހު ގެންގުޅެވޭގޮތަށް ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން. - އެއްވެސް މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަމާބެހޭފަރާތާ މަޝްވަރާކޮށް، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން. - ސްކޫލުން މަރާމާތުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ސެކްޝަނުގެ އިސްވެރިންގެ މަޝްވަރާއާއެކު ލަސްނުކޮށް މާލެ ފޮނުވައިގެން މަރާމާތުކުރުވުން. - ސްކޫލުގެ މަސައްކަތްތަކަށް ބުރޫނާރާނެގޮތަކަށް މެޝީންތައް މަރާމާތުކުރުމުގެ ކަންތައް ހަމަޖެއްސުން. - މެޝީންތައް މާލެ ފޮނުވުމާއި މަރާމާތުކޮށް ނިމުމުން ރަށަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުން. - މެޝިންތައް މާލެ ފޮނުވުމުގައި މެޝިންތަކަށް ގެއްލުން ނުވާނޭގޮތަށް ރައްކާތެރިކަމާއެކު ބަންދުކޮށްފައި ފޮނުވުން. - ސްކޫލުން ބޭރަށް ފޮނުވާ މެޝީންތައް ހަވާލުކުރާ ފަރާތަކާ ލިޔުމުން ހަވާލުކުރުން. - ފޮތް ޕްރިންޓްކުރުން. - މި ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ނިންމަވައިގެން ޕްރިންޓްކުރަންޖެހޭ ފޮތްތައް ޕްރިންޓްކުރުން. - ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ސިއްރު ހިފެހެއްޓުން. ޚާއްޞަގޮތެއްގައި، ޓެސްޓު ޕޭޕަރާއި ވޯކްޝީޓް ފަދަ ތަކެތި އެއްވެސް ފަރާތަކަށް ނުދެއްކުމާއި، ޗާޕްކުރުމަށްފަހު ނައްތައިލަންޖެހޭ ތަކެތި މަސައްކަތު މީހުން ލައްވައި ތިމާގެ ހާޒިރުގައި ރައްކާތެރިކަމާއެކު ނައްތައިލުން.) - ސުޕަވައިޒަރުން އެދިލައްވާ ގޮތެއްގެ މަތިން ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި އެކަމަށް ދަތިނުވާނެހެން، ދުވަހުން ދުވަހަށް ޕްރިންޓްކޮށްދީ، އެފަރާތްތަކަށް ރައްދުކޮށްދިނުން. - ޕްރިންޓްކުރެވޭ އެންމެހައި ތަކެތީގެ ރެކޯޑް އެކަމަށް ކަނޑައެޅިފައިވާ ފޮތުގައި ނޯޓުކޮށް އަޕްޑޭޓްކޮށް ރަނގަޅަށް ބެލެހެއްޓުން. - ޗާޕްކުރުން ފިޔަވައި މިކަމާ ގުޅުންހުރި އެހެން މަސައްކަތްތަކުގައި އިދާރީގޮތުން އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް ބެލޭނެއެވެ. |
އިންޓަވިއުކުރުން: |
މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، މި އިޢުލާނުގެ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 5 ދުވަހުގެ ތެރޭގައި ލ. އިސްދޫ ސްކޫލުގެ ލައިބުރަރީގައެވެ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.) - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 8 ވާ ބުރާސްފަތި ދުވަހުގެ 2:00 އެވެ. |
ނޯޓު: |
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އިސްދޫ ސްކޫލުގެ 6800562 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
22 ޝަޢުބާން 1437