ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TIRS/1/2016/74
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:29
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މީރާއިން މުދަލު ޒަކާތް ބަލައިގަންނަން ފެށުން

އިޢުލާން

މީރާއިން މުދަލުޒަކާތް ބަލައިގަންނަން ފެށުން:

މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒާއި މީރާއާ ދެމެދު ވެވުނު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގގެ ދަށުން، މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ބަލައިގަންނަމުންގެންދާ މުދަލުޒަކާތް 1 ޖޫން 2016 އިން ފެށިގެން މީރާއިން ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 1 ޖޫން 2016 އިން ފެށިގެން މާލެ ފިޔަވައި އެހެން ރަށްތަކުގައި ޤާއިމުކޮށްފައިވާ މީރާގެ ބްރާންޗުތަކާއި ކަލެކްޝަން ސެންޓަރުތަކުންވެސް މި ފައިސާ ބަލައިގަންނާނެއެވެ. ހަމައެހެންމެ، ބްރާންޗު ނުވަތަ ކަލެކްޝަން ސެންޓަރު ޤާއިމުކޮށްފައިނުވާ ރަށްތަކުގައި އެ ރަށެއްގެ ރަށުކައުންސިލުގެ އިދާރާއިން މުދަލުޒަކާތް ބަލައިގަންނާނެއެވެ.

އަމިއްލަ ފަރުދުންނާއި ޕާޓްނަރޝިޕުތަކާއި ކުންފުނިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުން ޒަކާތުގެ ފައިސާ ދެއްކުމަށް، މީރާއަށް MIRA 510 ފޯމު ހުށަހަޅަންވާނެއެވެ. މި ފޯމު މީރާގެ ވެބްސައިޓް އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ލިބޭނެއެވެ.

ވީމާ، މުދަލުޒަކާތް ދައްކާ ފަރާތްތަކުން 1 ޖޫން 2016 އިން ފެށިގެން މީރާއަށް ފައިސާ ދެއްކުމަށް ދަންނަވަމެވެ. މީރާއިން މުދަލުޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ފިތުރުޒަކާތް ބަލައިގަންނަމުންދާނީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުންނެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 1415 އަށް ގުޅުއްވުން އެދެމެވެ.  

23 ޝަޢުބާން 1437

30 މޭ 2016