| މަޤާމް | މަސައްކަތު | 
| ބޭނުންވާ އަދަދު | 02 | މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2 | ރޭންކް: އެސް.އެސް.2 | 
| މުސާރަ | މަހަކު  -/3,470 ރުފިޔާ | 
| ސަރވިސް އެލަވަންސް | މަހަކު -/1,000 ރުފިޔާ | 
| އިނާޔަތްތައް | ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާދެވޭނެއެވެ. | 
| ސެކްޝަން/ޔުނިޓް/ތަން | ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ. ހަނިމާދޫ | 
| މަގާމުގެ މަސްޢޫލިއްޔަތު | ހަނިމާދޫ އެއަރޕޯޓްގެ ޢާންމު މަސައްކަތްތައް ކުރުން. | 
| މަގާމުގެ ޝަރުޠު | 1- ޖެނެރަލް މެއިންޓެނެންސްގެ ދާއިރާ އިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން 2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް | 1- ޙާސިލުކޮށްފައިވާތަޢުލީމާއި،ތަމްރީނަށްބަލައިގެން. 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. 4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %25 އަށްވުރެމަތިވުން. | 
| ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
އިމާރާތްތަކުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުމާއި ރަންވޭ މަރާމާތު ކުރުމާއި ރަންވޭ މާކިންގ އައުކުރުމާއި ރަންވޭ ކާރިޖެހުމާއި ރަންވޭ ޝޯލްޑަރކޮށުން. އަދި ހަނިމާދޫގެ ބަނދަރު ސަރަޙައްދުގެ މަރާމާތު ކުރުން.އިމާރާތްތަކުގެ ކައިރީ ހުންނަ ބަގީޗާގަސް ބެލެހެއްޓުމާއި، އިމާރާތް ހިމެނޭ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި، ލޯންޑްރީގައި އެއްޗެހި ދޮވެ އިސްތިރިކޮށް ބެލެހެއްޓުން.އެއަރޕޯޓްގެ އެންމެހައި ސަރަޙައްދުތައް ރީތިކޮށް ފެހިކުރުމަށްޓަކައި ރުއްގަސް އިންދައި ރުއްތަކާއި ގަސްތަކަށް ކާނާ އަޅައި އަދި ރުއްތަކާއި ގަސްތައް ރީތިކޮށް ސާފުކުރުން.ޓޮއިލެޓް ބްލޮކް ސާފުކޮށް ބެލެހެއްޓުމާއި ޓާމިނަލުގައި މަސައްކަތްކުރުމާއި މަތިންދާބޯޓަށް ތަކެތި އަރުވައި ބޭލުމާއި އަދި އުޅަނދުފަހަރުގައި މަސައްކަތްކުރުން.އިމާރާތްތަކާއި، ވެހިކަލްތަކުގެ ތަޅުދަނޑިތައް ލޮގުކޮށް ދޫކުރުމާއި، ގެނައުމުން ހަވާލުވެ ތަޅުދަނޑިތައް ކީބޯޑުގައި ބެހެއްޓުމާއި އެއަރޕޯޓުގެ އިމާރާތްތަކުގެ ބޭރުގައި ހުންނަ ބޮކިތައް ދިއްލައި ނިއްވުމުގެ މަސައްކަތްކުރުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް | 
ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން / ހަނިމާދޫ އެއަރޕޯޓް އޮފީސް ނުވަތަ ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv/dv/downloads/886  އިން ލިބެން ހުންނާނެއެވެ.)ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ  ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ). | 
| ސުންގަޑި | 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 14:00 އަށް. | 
| އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން | މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ހަނިމާދޫ އެއަރޕޯޓް އޮފީހުގައެވެ. | 
| އިތުރު މަޢުލޫމާތު | މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 އެވެ. ފެކްސް ނަންބަރަކީ 3320911 އެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހަނިމާދޫ އެއަރޕޯޓް އޮފީސް / ހދ.ހަނިމާދޫ އަށެވެ. ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ނޯޓު: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ. |