ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-AF/1/2016/83
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:38
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރަމަޟާން މަހު މާލޭގައި ގޭސް ޑެލިވަރީކުރާނެ ގަޑިތައް

 ރަމަޟާން މަހު މާލޭގައި ގޭސް ޑެލިވަރީ ކުރާނެ ގަޑިތައް

މި ރަމަޟާން މަހު، މާލޭގެ ޓްރެފިކަށް ލުޔެއް ގެނައުމުގެ ބޭނުމުގައި، މާލޭގައި ގޭސް ޑެލިވަރީކުރާނެ ގަޑިތައް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.

  1. ހެނދުނު 10:00 އިން ހަވީރު 4:00 އަށް (ހުކުރު ދުވަހު, މެންދުރު 1:30 އިން ހަވީރު 4:00 އަށް)
  2. ރޭގަނޑު 8:00 އިން 11:00 އަށް

ވީމާ، ރަމަޟާން މަހު މާލޭގައި ގޭސް ޑެލިވަރީކުރާ ގަޑިތައް މަތީގައިވާ ގޮތަށް ބަދަލުކުރެއްވުމަށް މިފަދަ ވިޔަފާރިކުރާ ފަރާތްތަކަށް އަންގަމެވެ.

31 މޭ 2016