ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވައިކަރަދޫ ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމުގެ ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހެކެވެ.
މަޤާމް: |
މަސައްކަތު |
||
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
މަޤާމުގެ ރޭންކް: SS1 |
މުސާރަ: |
މަހަކު -/3100 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
ޑިޕާޓްމަންޓް: |
ވައިކަރަދޫ ޞިއްޙީ މަރުކަޒު |
||
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން: |
ވައިކަރަދޫ ޞިއްޙީ މަރުކަޒު، ހދ. ވައިކަރަދޫ |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. މަރުކަޒު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ސަރަހައްދު ސާފުކޮށް ބެލެހެއްޓުން. 2. މަރުކަޒުގެ އޮފީސް ބައިގައި ހުރި ހިފައި ގެންގުޅޭ ތަކެއްޗާއި، ތަންތަނާއި، މެޝިންތަކާއި، އެކިއުޕްމަންޓްތައް ފޮޅައި ސާފުކޮށް ބެލެހެއްޓުމާއެކު، މަރުކަޒުގައި ހިފައި ގެންގުޅޭ ތަކެތި (ތަފާތު މަސައްކަތްތައް ކުރުމަށް ބޭނުންކުރާ ސާމާނު) ދަބަރު ޖެހިޔަނުދީ ސާފުކޮށް ބެލެހެއްޓުން. 3. އޮފީހުގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުން. 4. މަރުކަޒުގައި ޤާއިމްކުރެވިފައިވާ ބޯފެނުގެ ނިޒާމް ބެލެހެއްޓުން. 5. މަރުކަޒާއި މަރުކަޒުގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށް މަސައްކަތްކުރުން. 6. މަރުކަޒުގައި އުފެދޭ ކުނި ރައްކާތެރިކަމާއެކު ނައްތައިލުން (އިންސިނަރޭޓް ކުރުން) 7. އަންދާނުލެވޭ ކުނި، އެފަދަ ތަކެތި އުކާލުމަށް ޚާއްޞަކުރެވިފައިވާ ސަރަހައްދަށް ގެންގޮސް އުކާލުން. 8. މަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިނުވާފަދަގޮތަކަށް މަރުކަޒުގެ ގޯތިތެރެ ރައްކާތެރި އަދި ސާފުތާހިރު ވެއްޓެއްގެގޮތުގައި ބޭއްވުމަށް މަސައްކަތްކުރުން. 9. މަރުކަޒުގެ ފަރާތުން ހިންގާ އެކިއެކި ޕްރޮގުރާމްތަކާއި އެކިއެކި ބައްދަލުވުންތައް އިންތިޒާމްކުރުމުގައި، ވެރިން އަންގާ ކަންތައް ކުރުން. 10. އިދާރީކަމެއްގައި މަރުކަޒުގެ އޮފީހުން އަންގާ ކަންތައްތައް ކުރުން. |
||
ތަޢުލީމާއި ތަޖުރިބާ: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. |
||
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާއާއި، ނިކުންނަ ކޮންމެ ދުވަހަކަށް ރިސްކު އެލަވަންސް ދެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކަމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
ސުންގަޑި: |
2016 ޖޫން 15 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ވައިކަރަދޫ ޞިއްޙީ މަރުކަޒަށް ހުށަޅައެޅުން އެދެމެވެ. |
||
އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި: |
2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ނުވަތަ ޖުލައިމަހުގައި ވައިކަރަދޫ ޞިއްޙީ މަރުކަޒުގައި. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520540 ނަންބަރު ފޯނާއެވެ. |
||
23 ޝަޢުބާން 1437 |