ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (ކޮންޓްރެކްޓްކުރެވޭ ދުވަހުން ފެށިގެން 2016 ޑިސެންބަރުގެ ނިޔަލަށް)
ވަޒީފާ އޮތް އޮފީސް: ކިނބިދޫ ސްކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކިނބިދޫ ސްކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
އެލް. ކޭ. ޖީ. އާއި، ޔޫ. ކޭ. ޖީ. ގެ ކްލާސްތަކުގެ ދަރިވަރުންނަށް، ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:
މަޤާމުގެ ނަން |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ޕްރީސްކޫލް އެސިސްޓެންޓް ޓީޗަރ |
GS1 |
ޕްރީސްކޫލް ޓީޗަރ 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަހަކު -/3،565 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
GS2 |
ޕްރީސްކޫލް ޓީޗަރ 2 |
ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/4،00 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
GS3 |
ޕްރީސްކޫލް ޓީޗަރ 3 |
ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/4،565 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
GS4 |
ޕްރީސްކޫލް ޓީޗަރ 4 |
- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަހަކު -/5،020 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
MS1 |
ޕްރީސްކޫލް ޓީޗަރ 5 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން. |
މަހަކު -/5،610 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
MS2 |
ޕްރީސްކޫލް ޓީޗަރ 6 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. |
މަހަކު -/6،295 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
MS3 |
ޕްރީސްކޫލް ޓީޗަރ 7 |
- ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛ - ޕްރީ ސްކޫލް ޓީޗަރ 6 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،035 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ޕްރީސްކޫލް ޓީޗަރ |
MS4 |
ޕްރީސްކޫލް ޓީޗަރ 8 |
- ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގެ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ޕްރީސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެ، އެ މަޤާމުގައި މަދުވެގެން 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
މަހަކު -/7،875 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ފާއިތުވި އަހަރުތަކުގައި ޕްރީސްކޫލް ޓީޗަރެއްގެގޮތުގައި އުޅެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.
އިންޓަވިއު ކުރުން:
ހ- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 14 ޖޫން 2016 އާއި 16 ޖޫން 2016 އާ ދެމެދުގެ ދުވަހެއްގައި ކިނބިދޫ ސްކޫލުގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އޮފީހުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2016 ޖޫން 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކިނބިދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކިނބިދޫ ސްކޫލުގެ 6780095 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
23 ޝަޢުބާން 1437