ތަމްރީނު
ނަންބަރު: MNU-CA-RG/2016/170
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 09 ޖޫން 2016 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް)

އިޢުލާން

ތިރީގައި މިވަނީ މި ޔުނިވަރސިޓީގައި ޖުލައި 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 02 ޖޫން 2016 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ

ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30 (ޖުމުލަ) – ހެނދުނު ދަންފަޅި

ކޯސް ހިންގާ ކެމްޕަސް: ކ.މާލެ

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ށ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން ނުވަތަ އެއާ އެއް ފެންވަރެއްގެ 2 މާއްދާއިން ފާސްވެފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ 

ނ. އޯލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ މި ދާއިރާއިން ލިބިފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ރ. އެމް.ކިއު.އޭ ގަބޫލުކުރާ މަރުކަޒަކުން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި އެސް.އެސް.ސީ ދިވެހި އިސްލާމުން ފާސްވެފައިވުމާއި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ބ. ޝަހާދާ ޘާނަވިއްޔާ ފުރިހަމަ ކޮށްފައިވުން. އަދި ޓޮފުލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލްއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ޅ. އެޑްވާންސްޑް ސެޓުފިކެޓު އިން ޝަރީޢާ އިން ލޯ ފުރިހަމަ ކޮށްފައިވުން. ނުވަތަ

ކ. ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ފުރިހަމަ ކޮށްފައިވުން. ނުވަތަ

އ. ކޮލެޖް ފައުންޑޭޝަން ލެވެލް 2 އިން ފާސްވެފައިވުން. ނުވަތަ

ވ. އެމް.ކިއު.އޭ ގަބޫލުކުރާ މަރުކަޒަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ އިނގިރޭސި މީޑިއަމުން ނޫންނަމަ ޓޮފްލް އިމްތިޙާނުން 550 ލިބިފައިވުން ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިޙާނުން 6.0 ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލްއާ އެއް ފެންވަރެއްގެ އިނގިރޭސި ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ފުރަތަމަ ޑިގްރީ ހަދާފައިވަނީ ދިވެހި މީޑިއަމުން ނޫންނަމަ އެސް.އެސް.ސީ ދިވެހިން ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީން ދޭ ދިވެހި ބަހުގެ ޓެސްޓުން ފާސްވުން.

31 މޭ 2016