ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2016/10
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 16 ޖޫން 2016 13:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: GS4

އަސާސީ މުސާރަ: މަހަކު -/5,020 ރ

ސަރވިސް އެލަވަންސް: މަހުކު -/1,500 ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއިއެކު، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މި އޮތޯރިޓީގެ އިދާރީ މަސައްކަތްތައް ކުރުން.
  • އޮފީހަށް އަންނަ ފޯން ކޯލު، ސިޓީ، ފެކްސް އަދި އީ.މެއިލް ފަދަ ތަކެތީގެ ތެރެއިން ސެކްޝަނުން ފިޔަވަޅުއަޅައި ޖަވާބު ދޭންޖެހޭ ސިޓީ އަދި ފެކްސް ފަދަ ތަކެއްޗަށް ޖަވާބު ދިނުން.
  • އޮފީސް ހުޅުވައި ލެއްޕުން.

އުޖޫރައާއި ޢިނާޔަތްތައް

  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  •  ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,000 (ތިންހާސް) ރުފިޔާ ލިބޭނެއެވެ. 

 

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނޭ ކަންކަން:

  • މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތުތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ހުށައަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެ ތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

ސުންގަޑި:

  • މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ( އެޓޯލް ޕޯސްޓް ބިލްޑިން، ފުރަތަމަ ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ އިންޓަރވިޔު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ 10 ފަރާތަކާއެވެ.
  • އިންޓަރވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ހުރިހާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013115 ,3006724 އިން ސާފުވާނެއެވެ.
31 މޭ 2016