ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)448/1/2016/35
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 05 ޖޫން 2016 13:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

03 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ރީޖަނަލް އެއަރޕޯޓްސްއަށް ބޭނުންވާ "55 ގެ 1 ޓީވީ އަދި "42 ގެ 2 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއްހޯދަން ހޯދަން ކުރެވުނު އިޢުލާން ނަންބަރު (IUL)448/1/2015/27 އަށް އަގު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް އަގު ހުށައަޅާފައިވަނީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސް، ވެލާނާގެ 11 ވަނަ ފަންގިފިލާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރީޖަނަލް އެއަރޕޯޓްސްއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

24 ޝަޢުބާން 1437

 

31 މޭ 2016