ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL/MHCL-HRM/MHCL/2016/17
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:29
ސުންގަޑި: 05 މޭ 2016 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޙައްޖު އޮޕަރޭޝަންސް މެނޭޖަރ

މަޤާމުގެ ގިންތި:

ވަގުތީ

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ މުސާރަ:

މަހަކު -/10,000 ރުފިޔާ

 

އެލަވަންސް:

  1. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ކޯޕަރޭޝަނުގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ކޮންމެ ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/135 ރުފިޔާ
  2. ސަރވިސް އެލަވަންސް: ކޯޕަރޭޝަނުގެ އެޗް.އާރު ޕޮލިސީގައިވާ ގޮތުގެ މަތިން ދުވާލަކަށް -/116 ރުފިޔާ.
  3. ފޯނު އެލަވަންސްމަހަކު -/300 ރުފިޔާ
  4. ސެޓުފިކެޓު އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އިތުރުގަޑި:

ރަސްމީގަޑި ފިޔަވައި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ކަނޑައެޅިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ އެލަވަންސް ދެވޭނެއެވެ.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

1. ޝަރީޢާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ؛

2.ޝަރީޢާ، ޤާނޫނީ، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީ  ހާސިލުކޮށްފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

3. ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތްކުރަން އެނގުން.

4. ޢަރަބިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުން.

5. މައިކްރޮސޮފްޓް ޕެކޭޖް ބޭނުންކުރަން އެނގުން.

6. ވޭތުވެދިޔަ 5 އަހަރުދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކުކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.

7. ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

1. ޙައްޖު/ޢުމްރާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

2. ޙައްޖުވެރިން މާލެއިން ފުރުމުގެ ކުރިން ނިންމަންޖެހޭ ކަންތައްތައް ރާވައި ބެލެހެއްޓުން.

3. މައްކާ/މަދީނާގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުމާއި، އެކަމާގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމުކުރުން.

4. ޙައްޖުވެރިންނަށް އަޅުކަން އަދާކުރުމުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުން.

5. ޙައްޖު/ޢުމްރާއަށް ފުރުމުގެ ކުރިން ދޭންޖެހޭ ޓްރެއިނިންގ ޕްރޮގުރާމުތައް ރާވައި ހިންގުން.

6. ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީޢަރަބިއްޔާގައި ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.

7. ޢަރަބިބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ޢަރަބިބަހުން ކުރަންޖެހޭ އެންމެހައި މުޢާމަލާތްތައް ކުރުމާއި، އެކަމާ ގުޅޭ ލިޔެކިއުންތައް ބެލެހެއްޓުން.

މަސައްކަތުގެ ވަގުތު:

މި ކޯޕަރޭޝަނުގެ ރަސްމީ ގަޑިކަމުގައިވާ ހެނދުނު 8:00 އިން ހަވީރު 4:00 އަށް (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރުގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ މަސައްކަތްކުރާގޮތަށް)

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ޙައްޖު ކޯޕަރޭޝަނުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، މި ކޯޕަރޭޝަނުން ލިބެން ހުންނާއެވެ. އަދި މި ކޯޕަރޭޝަނުގެ www.mhcl.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައި)

4. އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންގެންދާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން.

ސުންގަޑި:

2016 ޖޫން 5 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންކަން:

ޢަރަބިބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖާއި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

އިތުރު މަޢުލޫމާތު:

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމުގެ ފުރުޞަތު އޮންނާނެއެވެ.

- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންއެދޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް، މި ކޯޕަރޭޝަނުގެ އީމެއިލް [email protected] އަށް ހުށަހެޅުން އެދެމެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 3011000 ނަންބަރު ފޯނަށެވެ.

24 ޝަޢުބާން 1437

30 މޭ 2016