މަސައްކަތް
ނަންބަރު: (IUL)222-AH/INDIV/2016/29
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 13 ޖޫން 2016 00:00
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ދާރުލްއާސާރުގެ ގްރައުންޑް ފްލޯރއާއި ދެވަނަ ފްލޯރގެ އޮފީސް އޭރިޔާގެ ކުޑަދޮރުތަކުގައި ބްލައިންޑްސް، އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ        

ދާރުލްއާސާރުގެ ގްރައުންޑް ފްލޯރއާއި ދެވަނަ ފްލޯރގެ އޮފީސް އޭރިޔާގެ ކުޑަދޮރުތަކުގައި ބްލައިންޑްސް އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް މި ޑިޕާޓްމަންޓުން ކުރި ނަންބަރު (IUL)222-AH/INDIV/2016/23 (19 އެޕްރީލް 2016) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އާދީއްތަ

05 ޖޫން 2016

10:30

އަންދާސީހިސާބު ހުށަހެޅުން

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

ހޯމަ

13 ޖޫން 2016

10:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑުގައި ބައިވެރިނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

‏‏‏23‏ ޝަޢުބާން 1437

30 މޭ 2016