މަސައްކަތް
ނަންބަރު: 23(IUL)30-G/1/2016/
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:50
ސުންގަޑި: 05 ޖޫން 2016 13:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އީ.އައި.އޭ ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގުރިކަލްޗަރުގެ ފަރާތުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢުގެ އީ.އައި.އޭ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ، އީ.އައި.އޭ ގަވާއިދުތަކާއި، ގައިޑުލައިންތަކާއި، އެ ފަރާތުން ދޭ ޓަރމްސް އޮފް ރިފަރެންސާ އެއްގޮތަށް ހަދައިދޭނޭ ފަރާތެއް ހޯދުމަށް 2016 މޭ 19 ގައި ކުރެވުނު ނަންބަރު 22(IUL)30-G/1/2016/ އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ޢިއުލާނުކުރަމެވެ. 

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ. ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ ޢިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ. އަދި، 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައެވެ.

މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 19 ޝަޢުބާން 1437

30 މޭ 2016