ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޖޫނިއަރ އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކަނޑުއޮތްގިރި ފިޝް ވިލެޖް (ފިޝް ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) |
އަސާސީ މުސާރަ: |
މަހަކު -/3600 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60 - އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން ފައިސާ ލިބޭނެއެވެ. |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
1. ޑިޕާޓްމަންޓުން ދުވަހުން ދުވަހަށް ހަދަންޖެހޭ ރިޕޯޓުތައް ހެދުމާއި ފައިލުކުރުން. 2. ދޯނިފަހަރުން ގެންނަ މަސް ބަލައިގަތުން. 3. އައިސް ބިލާއި، ފެންބިލު ހެދުން. |
މަޤާމުގެ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު އޯ ލެވެލް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި މާއްދާތަކުން ދަށްވެގެން "ސީ" ގްރޭޑު ލިބިފައިވުން. |
އިންޓަވިއު: |
މަތީގައިވާ މަޤާމުގެެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠުހަމަވާ ފަރާތްތަކަށެވެ. |
ސުންގަޑި: |
މަތީގައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުން އެދެމެވެ. އީމެއިލްކުރާނަމަ، [email protected] އަށް އީމެއިލްކުރުން އެދެމެވެ. ފެކްސްކުރާނަމަ، 3323955 ނަންބަރަށް ފޮނުވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުން. 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދުތަކުގެ އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް 3323932 އެކްސްޓެންޝަން 247 އަށް ގުޅުން އެދެމެވެ. |
22 ޝަޢުބާން 1437