ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/91
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 13 ޖޫން 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށުމުގެގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ސޮފްޓްވެއަރ ޕްރޮޖެކްޓުގައި އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި މަސައްކަތްކުރުމަށްޓަކައި މީހަކު ހޯދުމަށް 3 މޭ 2016 ގައި މި ހޮސްޕިޓަލުން ކޮށްފައިވާ 137-HR/IU/2016/77  ނަންބަރުގެ އިޢުލާނާ ގުޅިގެން އެ މަޤާމަށް އެދި ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

ޕްރޮޖެކްޓް އެޑްމިނިސްޓްރޭޓަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/8000 ރުފިޔާއާއި -/15000 ރުފިޔާއާ ދެމެދު

(މި މަޤާމުގެ މުސާރަ ކަނޑައަޅަނީ ކުރިމަތިލައްވާ ފަރާތުގެ ތަޢުލީމާ ތަޖުރިބާއަށް ބެލުމަށްފަހުގައެވެ.)

ތަޢުލީމާއި ތަޖުރިބާ:

 

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 5 (ޑިޕްލޮމާ) އެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  ނުވަތަ 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕްރޮޖެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ލެވެލް 7 (ޑިގްރީ) އެއް ހާސިލުކޮށްފައިވުމާއެކު، 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ޖީ.ސީއީ އޭލެވެލްް އިމްތިޙާނުގައި 3 މާއްދާއިން ފާސްވެފައިވުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކޮންޓްރެކްޓުގެ މުއްދަތު:

މީލާދީ 1 (އެކެއް) އަހަރުދުވަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕްރޮޖެކްޓުގައި މަސައްކަތްކުރާ ޓީމަށް އެކަށީގެންވާ އިރުޝާދު ދިނުން.
  • ޕްރޮޖެކްޓް ޕްލޭންތައް ރާވައި ހިންގުމާއި، މަސައްކަތް ރޭވިފައިވާގޮތަށް ކުރިއަށްދޭތޯ ބެލުން.
  • މަސައްކަތްކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތްތައް ބެލެހެއްޓުން.
  • ޕްރޮޖެކްޓާބެހޭ ލިޔެކިޔުންތަައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 

  • ޕްރޮޖެކްޓްތައް ރާވައި ހިންގުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވާ މިންވަރު.
  • ސުޕަވައިޒްކުރުމުގެ ހުނަރު.
  • ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ހުނަރު.
  • މުޢާމަލާތްކުރުމުގެ ހުނަރު.
  • ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތަށް ޤާބިލުކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަށްވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން 1.30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016  ޖޫން 13 ވާ ހޯމަ ދުވަހުގެ 13:30 ގެ އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައިވާ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ. އަދި 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ ،3335234އެވެ. ނުވަތަ  3335343 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

 އިންޓަވިއު އޮންނާނީ، 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ.

22 ޝަޢުބާން 1437

29 މޭ 2016