ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސަރވިސްގެ، ތިރީގައިމިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފަކު ބޭނުންވެއްޖެއެވެ. |
|
މަޤާމް: |
އެސިސްޓެންޓް ސިވިލް އޮފިސަރ |
މަޤާމުގެ ރޭންކް: |
ސީ. އެސް. 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް އޮފިސަރސް |
މުސާރަ: |
މަހަކު -/5400 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/3,500 ރުފިޔާ |
ނޮންޕްރެކްޓިކްސް: |
މަހަކު -/2,430 ރުފިޔާ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ޝަރުޠު: |
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 3. ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްޢޫލިއްޔަތު: |
1. ޖަލުތަކުގައި މަސައްކަތްކުރަމުންދާ މެޑިކަލް އޮފިސަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލައި ރިޕޯޓް ތައްޔާރުކުރުން. 2. މެޑިކަލް ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ މީޓިންގތަކުގައި ބައިވެރިވުން. 3. ޤައިދީން ޑޮކްޓަރަށް ދެއްކުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން. 4. މެޑިކަލް ސެކްޝަނަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، މެމޯއާއި ސިޓީ ފަދަތަކެތި ލިޔެ ތައްޔާރުކުރުން. 5. ސެކްޝަނުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން. 6. ސެކްޝަނުގެ އެޑްމިންސްޓްރޭޓިވް އެންމެހައި މަސައްކަތްތައްކުރުމާއި، މެޑިކަލް ޑޮކިއުމަންޓްތައް ފައިލްކުރުމާއި ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންކަން: |
1. ތަޢުލީމީ ފެންވަރު. 2. ސައިންސް ސްޓްރީމުގެ މާއްދާތައް ކިޔަވާފައިވާ ފަރާތްތަކަށް ނުވަތަ މެޑިކަލް ދާއިރާއަކުން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތަކަށް. 3. ދާއިރާއިން ލިބިފައިވާ ތަޖުރިބާ. |
ސުންގަޑި: |
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، ވަނަވަރާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް (ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރއަށް) ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސަރވިސްގެ www.corrections.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.) - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕ ީ(އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ. - ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ. ނޯޓު: ފޯމާއެކު ހުށަހަޅާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ، ފޯމާއެކު ހީރަސްޖަހާފައެވެ.) |
އިތުރު މަޢުލޫމާތު: |
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބާޠިލް ކުރެވޭނެއެވެ. - ހުށަހަޅާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމު ބާޠިލްކުރެވޭނެއެވެ. - އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ. - މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3312694 ނަންބަރު ފޯނަށް ނުވަތަ 3328443 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3313727 އެވެ. އީ މެއިލް އެޑްރެހަކީ، [email protected] އެވެ. |
19 ޝަޢުބާން 1437 |