ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2016/90
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 13 ޖޫން 2016 13:30
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ލީޑް ޑިވެލޮޕަރގެ މަގާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ލީޑް ޑިވެލޮޕަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ޢާއިލީ ޑޮކްޓަރުންގެ ޚިދުމަތްތައް ފެށުމުގެގޮތުން ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ސްފޮޓްވެއަރގެ މަސައްކަތްކުރުމަށްޓަކައި ލީޑް ޑިވެލޮޕަރގެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

ލީޑް ޑިވެލޮޕަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/15000 ރުފިޔާ

ކޮންޓްރެކްޓްގެ މުއްދަތު:

3  މަސްދުވަސް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޑިޒައިން އަދި "ފްރައންޓް އެންޑް / ބެކް އެންޑް ސޮލިއުޝަންސް" ގެ މަސައްކަތްކުރުން.
  • "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީގެ މަސައްކަތްކުރުން.
  • ފަންކްޝަނަލް "ޔޫ އައި" /  ބެކް އެންޑް ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން.
  • ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާކުރުމަށް އެހީތެރިވެ އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތްކުރުން.

ތަޢުލީމާއި ތަޖުރިބާ:

 

  • ޑިޕްލޮމާއިން ސޮފްޓްވެއަރ އިންޖިނިއަރިންގ/ ކޮމްޕިއުޓަރ ސައިންސް ލިބިފައިވުން. އަދި މި ހޮސްޕިޓަލުންދޭ ޕްރެކްޓިކަލް ޓެސްޓުން ފާސްވުން. ނުވަތަ
  • މެނޭޖްމަންޓުގެ ދާއިރާއިން ޑިގްރީ އަދި ޕްރޮގްރާމިންގގެ ދާއިރާގެ 10 އަހަރުގެ ތަޖުރިބާ

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ސޮފްޓްވެއަރ އިންޖިނިއަރިންގ / ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓުފިކެޓުގެ ކޮޕީ)
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓުފިކެޓު ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.
  6. ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންގެ އެސެސްމަންޓް ރިޕޯޓާއި ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ފޯމު ބަލައިގަތުމާއި ދޫކުރުން:

ވަޒީފާއަށް އެދޭ ފޯމު، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން ލިބެން ހުންނާނެއެވެ.

 

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 13:30 އެވެ. ތަކެތި ހުށަހަޅާނީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައިވާ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ. އަދި 2016 ޖޫން 13 ވާ ހޯމަ ދުވަހުގެ 13:30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

 މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ ،3335234 އެވެ. ނުވަތަ 3335343 އެވެ.

 

 

 

29 މޭ 2016