ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2016/63
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 09 ޖޫން 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މުދިމް/އިމާމު/އިސްއިމާމުކަމުގެ މަޤާމަށް މީހަކު ހަމަޖެއްސުން

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

މުދިމް/ އިމާމު/ އިސްއިމާމު

ބޭނުންވާ އަދަދު

1

މަޤާމް އޮތް އޮފީސް

މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް

ސެކްޝަން

އިމާމު ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

ނިލަންދެ އަތޮޅުއުތުރުބުރި މަގޫދޫ ކައުންސިލްގެ އިދާރާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން މިސްކިތަށް ދުރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގައި ގަޑިނުޖެހި ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުން.
  • ދުވަހު ހާޒިރީގައި ސޮއިކޮށްފައިވަނިކޮށް، ހަމަ އެދުވަހު ކަމެއް ދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވާނަމަ، ނުވަތަ ސަލާމުގެ ޗުއްޓީގައި ހުންނަ ދުވަހެއްނަމަ، އެ ދުވަހުގެ ބާކީ އޮތްބައި ފުރިހަމަކުރުމަށް، ކީރިތި ޤުރްއާން ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން ދަންނަ، އަޑުހަރުކޮށް ބަންގިގޮވޭ ފަދަ ޤާބިލު މީހަކާ، މިސްކިތުގައި އިމާމުވެ ނަމާދުކުރަން ހަވާލުކޮށްފައި، އިދާރާއަށް އެކަން އެންގުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކައުންސިލްގެ އިދާރާއިން އަންގައިފި ނަމަ ކޭތަމާދާއި ޢީދު ނަމާދާއި ހުކުރު ނަމާދު އަދި ތަރާވީޙް ނަމާދާއި، ކަށުނަމާދު އިމާމުވެ މިސްކިތުގައި ކުރުން.

މަޤާމު

ރޭންކް

ކްލެފިކޭޝަން

ޝަރުޠު

މަސްދުވަހުގެ މުސާރަ

މަސްދުވަހުގެ ސަރވިސް އެލަވަންސް

މުދިމު

 

ޖީ.އެސް 1

 

އެސިސްޓެންޓް އޮފިސަރގްރޭޑް1

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޭ، ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން

-/3565 ރުފިޔާ

 

-/1500 ރުފިޔާ

އިމާމު

 

ޖީ.އެސް 3

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމުކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/4465 ރުފިޔާ

-/1500 ރުފިޔާ

 

ޖީ.އެސް 4

 

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓުފިކެޓު ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5020 ރުފިޔާ

-/1500 ރުފިޔާ

 

އެމް.އެސް 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބތު ކޮށްދިނުމާއެކު،

  • އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/5610 ރުފިޔާ

-/2000 ރުފިޔާ

 

އެމް.އެސް 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/6295 ރުފިޔާ

 

-/2000 ރުފިޔާ

އިމާމު

 

އެމް.އެސް 3

 

 

 

 

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

 

 

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމު މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

-/7035 ރުފިޔާ

 

 

 

 

-/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހުގެ ފައިސާ އަދި މަސައްކަތަށް ރަނގަޅު ނަމަ ސިވިލްސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެ ގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި، ޢާއިލީ ޒިންމާ ޗުއްޓީގެ ގޮތުގައި 10 ދުވަސް ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި، ތަމްރީން.

2 - މަސައްކަތުގެ ތަޖުރިބާ.

3 - މަސައްކަތުގެ ހުނަރާއި. ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތުގެ 15 ދުވަހުގެ ތެރޭގައި ކުރިމަތިލީ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމު ނިލަންދެއަތޮޅު އުތުރުބުރި މަގޫދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް:www.csc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ސެޓުފިކެޓްތައް. (މޯލްޑިވްސް ކޮލިސިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް .
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި،
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 ޖޫން 09 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ނަންބަރު 6740014 ފޯނާ ގުޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ފޯނު ނަންބަރު 3020267 އަށް އަދި ފެކްސްކުރައްވާނެ ނަންބަރަކީ 6740596 އަށް 

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

19 ޝަޢުބާން 1437

 

29 މޭ 2016