ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)427-LCM/1/2016/11 ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2016
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 02 ޖޫން 2016 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މުޅިރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުން

މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އަންގައި ގެޒެޓުކުރި ނަންބަރު: (IUL)427-LCM/1/2016/10 (29 މޭ 2016) އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 19 ޖޫން 2016 އާ ހަމައަށް ހުޅުވާލައިފީމެވެ.

ލައިސަންސަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ފޯމު ކޮމިޝަނުގެ ފްރަންޓް އޮފީހުން ވެސް ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 14:30 އެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

23 ޝައްވާލް 1437

30 މޭ 2016