ދިވެހިރާއްޖެ
އިޢުލާން
މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، ކަސްޓަމްސް މައި ޢިމާރާތުގައި 03 ( ތިނެއް ) އަހަރުދުވަހުގެ މުއްދަތަށް ގަސް ބަހައްޓައިގެން ޒީނަތްތެރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/24 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 02 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖޫން 2016 ވާ ބުދަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
22 ޝަޢުބާން 1437