ދިވެހިރާއްޖެ
އިޢުލާން
އއ. ބޮޑުފޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާގުޅޭ
މި ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 2016 މޭ 31 ވަނަ ދުވަހުގެ 13:00 އަށް މި ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަންދާސީހިސާބު ހުށަހަޅައި ކެނޑުމަށް ހަމަޖެހިފައިވަނީ 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މި ކޯޓުގައެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅިގެން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކޯޓުން ކުރި ނަންބަރު: U6MC/2016/01 (18 މޭ 2016) އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 ޝަޢުބާން 1437