ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2016/7
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 07 ޖޫން 2016 12:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ  

މަޤާމް:

ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

މަހަކު -/6295 ރުފިޔާ

މުސާރަ:

- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

- ފިނޭންސް އެލަވަންސް: މުސާރައިގެ %35

އެހެނިހެން ޢިނާޔަތްތައް:

2 (ދޭއް)

ބޭނުންވާ އަދަދު:

ސެންސަސް އެންޑް ސޯޝަލް އެނާލިސިސް

ސްޓެޓިސްޓިކަލް ސާރވޭސް އެންޑް އެނަލިސިސް

ބޭނުންވާ ސެކްޝަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

1. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން.  ނުވަތަ؛

2. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛                   

3. ސްޓެޓިސްޓިކްސްއާ ގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

ސްޓެޓިސްޓިކަލް ސާރވޭސް އެންޑް އެނަލިސިސް 

ސްޓެޓިސްޓިކަލް  ސަރވޭ  އެންޑް  ޑޭޓާ  ޕްރޮސެސިންގ  ސެކްޝަން  ހިންގެވުމާ  ހަވާލުވެހުންނަވާ އިސްވެރިއެއްގެ  ލަފާފުޅާއެކު ސެކްޝަނުގެ މަސައްކަތްތަކާއި ޑިވިޜަނުން ރާވައި ހިންގޭ ސަރވޭތައް ކުރިއަށްގެންދިއުމާއި، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. މިގޮތުން:

- ސަރވޭތަކުގެ ސުވާލުކަރުދާސްތައް ތައްޔާރުކޮށް ޕްރީޓެެސްޓްކުރުމާއި ފައިނަލްކުރުން.

- ސަރވޭތަކުގެ ސާމްޕްލިންގެ މަސައްކަތް ކުރުން.

- ސަރވޭތަކުގެ ބަޖެޓްް އެކުލަވައިލުމާއި، ސަރވޭތަކަށްދާ ޚަރަދުތައް މޮނިޓަރކުރުމާއި، އެނިއުމަރޭޓަރުން ހޯދުމާއި، ލޮޖިސްޓިކްސްއާއި މުޅި އޮޕަރޭޝަން ރާވައި މެނޭޖްްްކުރުމުގައި އިސް ދައުރެއް އަދާކުރުން.

- ސަރވޭތަކުގެ ޕަބްލިސިޓީ މެޓީީރިއަލް ތައްޔާރުކުރުމާއި ޕަބްލިސިޓީ ހަރަކާތްތައް ރާވައި ހިންގުން.

- ސަރވޭތަކުގެ ޓްރެއިނިންގ މެނުއަލްއާއި ޕްރެޒެންޓޭޝަން ފަދަ ޓްރޭނިންގ މެެޓީރިއަލް ތައްޔާރުކުރުުމާއި ތަމްރީން ދިނުން.

- ސަރވޭތަކުގެ ކޯޑިންގ މެނުއަލްތައް ތައްޔާރުކުރުމާއި އަޕްޑޭޓްކުރުން.

- ސަރވޭތަކުގެ ޑޭޓާކަލެކްޝަން ކުރުމާއި ސުޕަވިޜަންގެ މަސައްކަތްކުރުން.

- ސަރވޭތަކުގެ މަޢުލޫމާތު ކޯޑްކުރުންްް.

- ސަރވޭތަކުގެ ޑޭޓާ އެޑިޓްކޮށް، ޑޭޓާތައް ކްލީންކުރުމުގެ މަސައްކަތް ކުރުން.

- ސަރވޭތަކުގެ ޓެކްނިކަަލް ރިޕޯޓްތަކާއި އެނަލިޓިކަލް ރިޕޯޓްތައް އެކުލަވައިލުމުގައި ބައިވެރިވެ މި މަސައްކަތް ކުރުން.

- ސަރވޭގެ ނަތީިޖާތައް އާންމުކުރުމުގައި ބައިވެރިވެ، އެ މަސައްކަތް ވިލަރެސްކުރުން.

- އިންޓަރނޭޝަނަލް ކްލެސިފިކޭޝަންތައް ރާއްޖެއާއި ގުޅޭގޮތަށް ބައްޓަންކޮށް، ކަނޑައެޅޭ ނެޝަނަލް ކޯޑިންގ ސިސްޓަމްތައް އެކުލަވައިލުމުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދިނުން.

- ތަފާސްހިސާބުގެ ގަވާއިދުގެދަށުން ހުއްދައަށްއެދޭ ސަރވޭތައް ޕްރޮސެސްކޮށް، މި ސަރވޭތަކުގެ ރަޖިސްޓްރީއެއް ޤާއިމްކޮށް ބެލެހެއްޓުމާއި، އެ ސަރވޭތަކުގެ ރިޕޯޓްތައް ސޮޕްޓްކޮށް މެއިންޓެއިންކުރުން.

- ތަފާސްހިސާބުގެ ގަވާއިދުގެދަށުން ހުއްދަނަގައިގެން ކުރާ ސަރވޭތަކުގެ ރިޕޯޓުތައް ދިރާސާކޮށް ކޮމެންޓްކުރުމާއި، ޑޭޓާޔޫސަރުންނަށް ފަސޭހައިން އެކްސަސްވެވޭގޮތަށް އާންމުކުރުން.

- ސަރުކާރުގެ އެހެން އޮފީސްތަކުން ކުރާ ސަރވޭތަކުގައި އެފަރާތުން ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުން.

- ސަރވޭގެ ޑޭޓާ ކަލެކްޝަނާއި، ޕްރޮސެސިންގއާއި ޑިސެމިނޭޝަން ޒަމާނާ އެއްގޮތަށް މޮޑަނައިޒްކޮށް ތަރައްޤީކުރުމަށް ސެކްޝަން ހެޑާ ގުޅިގެން މަސައްކަތްްކުރުން.

- ސަރވޭއާއި ސާމްޕްލިންގގެ ދާއިރާގެ ޔޫ.އެން. ރިކޮމެންޑޭޝަންތަކާއި މެނުއަލްތަކުގައިވާ މަޢުލޫމާތު ދެނެގަނެ، މި ދާއިރާގެ ޓެކްނިކަލް ނޮލެޖް މުއްސަނދިކޮށް، މަސައްކަތުގެ ފެންވަރު މަތިކުރުން.

- ޔުނިޓުގެ މަސައްކަތް ޑޮކިއުމަންޓްކުރުމާއި، ތަރައްޤީކުރުމަށް މަސައްކަތްކުރުން.

- ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ސެންސަސް އެންޑް ސޯޝަލް އެނާލިސިސް

1. އާބާދީއާއި ދިރިއުޅޭތަންތަނުގެ ބޯހިމެނުމުގެ ދިރާސާ ރިފޯޓް ލިޔުން.

2. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ މައްޗަށް ބިނާކޮށް އާބާދީގެ އަންދާޒާ ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

3. ލައިފް ޓޭބަލާއި، އާބާދީ އަންދާޒާތައް ތައްޔާރުކުރުން.

4. އާބާދީއާއި އިޖުތިމާޢީ ގުޅުންހުރި އިންޑިކޭޓަރސްތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

5. އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގެ ތާވަލްތައް ނެގުމުގެ މަސައްކަތްކުރުން.

6. ޑިމޮގްރަފިކް މަޢުލޫމާތު އާންމުކުރުމާއި، އެ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދިނުމާއި، އެ މަސައްކަތްކުރުން.

7. ރިޕޯޓްތަކަށް ކޮމެންޓްކުރުމާއި، ލަފާދިނުމާއި، އެ މަސައްކަތްކުރުން.

8. ބޯހިމެނުމުގެ މަސައްކަތް ރާއްޖޭގައި ހިންގުމުގެ މަސައްކަތްތައްކުރުން.

9. ބޯހިމެނުމުގެ ސުވާލުކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތްކުރުން.

10. ބޯހިމެނުމުގެ މަސައްކަތުގައި ބޭނުންކުރާ އިނިއުމަރޭޓަރުންނާއި، ސުޕަވައިޒަރުންގެ އަތްމަތީފޮތް ތައްޔާރުރުން.

11. ބޯހިމެނުން ކުރިއަށްގެންދާނޭގޮތުގެ ޕްރޮސީޖަރތައް ތައްޔާރުކުރުން.

12. ބޯހިމެނުމުގެ ސުވާލުތަކަށް ބިނާކޮށް ޓެބިއުލޭޝަން ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުން.

13. ބޯހިމެނުމުގެ ޑޭޓާ ބޭނުންކުރައްވާ ފަރާތްތަކަށް ހިންގާ މަސައްކަތު ބައްދަލުވުމުގެ މަސައްކަތްތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.

14. ބޯހިމެނުމުގެ ސުވާލުކަރުދާސް ޓެސްޓުކުރުމުގެ މަސައްކަތްކުރުން.

15. ބޯހިމެނުމަށްޓަކައި އިނިއުމަރޭޓަރުން ތަމްރީންކުރުމުގެ މަސައްކަތްކުރުން.

16. ބޯހިމެނުމުގެ ވަގުތީ ނަތީޖާ އެކުލަވައިލުމާއި، ނަތީޖާ އާންމުކުރުމުގެ މަސައްކަތްކުރުން.

17. ބޯހިމެނުމުގެ މަޢުލޫމާތުތައް ކޯޑުދިނުމާއި، ކޮމްޕިއުޓަރަށްލުމުގެ މަސައްކަތް ސުޕަވައިޒްކުރުން.

18. ވިހައި މަރުވާ ހިސާބުތައް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.

19. އާބާދީއާއި އިޖުތިމާޢީ ތަފާސްހިސާބުތައް ޗެކްކުރުމާއި، އެ މަޢުލޫމާތުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.

20. ރިޕޯޓްތަކުގައި ހިމެނޭ ތަފާސްހިސާބުގެ ޞައްޙަކަން ބެލުމުގެ މަސައްކަތްކުރުން.

21. ބޯހިމެނުމުގައި ބޭނުންކުރެވޭ ޗާޓްތައް ތައްޔާރުކުރުމަށްޓަކައި ޗާޓްތައް ރަށްތަކަށް ފޮނުވުމާއި، އަޕްޑޭޓްކުރުމާއި، ޗާޓްތަކުގައި ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ސުޕަވައިޒްކުރުން.

22. ބޯހިމެނުމަށްޓަކައި މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައްކުރުން.

23. ބޯހިމެނުމުގެ ނަތީޖާތައް ކޮމްޕިއުޓަރަށް ލުމަށްޓަކައި ޕްރޮގްރާމް ހެދުމުގެ މަސައްކަތް ބެލެހެއްޓުން.

24. ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުގެ ލަނޑުދަނޑިތަކާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ) އަދި ސާކް ޑިވެލޮޕްމަންޓް ގޯލް (އެސް.ޑީ.ޖީ) ގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު އާންމުކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބުތައް އެކުލަވައިލުން.

25. މަތީގައިވާ ކަންކަމުގެ އިތުރުން، އިޖުތިމާޢީ ތަފާސްހިސާބު ހަރުދަނާކުރުމަށް އެކިއެކި ވުޒާރާތަކުގައި ބޭނުންކުރެވޭ އިދާރީ ރަޖިސްޓްރީތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް، އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، މުސާރައިގެ އިތުރުން، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

އިތުރު ޢިނާޔަތްތައް:

މި މަޤާމްތަކަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިއުއާއި އިމްތިޙާންކުރުން، އިޢުލާނަށް މުއްދަތު ހަމަވާތާ ދެހަފްތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި، އިމްތިޙާން ކުރުން:

- ވަޒީފާގެ ދާއިރާގެ މަސައްކަތުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

- މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު.

- ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަމާއި، ފަންނީ ޤާބިލްކަން ހުރި މިންވަރު.

- މި ވަޒީފާއަށް މީހުން ހޮވުމުގައި، ގިނަވަގުތުގައި މަސައްކަތުގައި އުޅެވޭނެ/ މާލެއިންބޭރަށް އޮފީސް މަސައްކަތުގައި ދެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ވަޒީފާއަށް  އެދޭ  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މިނިސްޓްރީ  އޮފް  ފިނޭންސް  އެންޑް  ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލައިން ލިބެން ހުންނާނެއެވެ. މި ބިއުރޯގެ statisticsmaldives.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވުން)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)

7. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް

8. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

2016  ޖޫން  7  ވާ  އަންގާރަ  ދުވަހުގެ  12:00  ގެ  ކުރިން،  މިނިސްޓްރީ  އޮފް  ފިނޭންސް  އެންޑް  ޓްރެޜަރީގެ ބައު އިމާރާތުގެ 2 ވަނަ ފަންގިފިލަޔަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި:

 

މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3349388 ނަންބަރު ފޯނަށް ނުވަތަ 3349395 ނަންބަރު ފޯނަށެވެ.

އިތުރު މަޢުލާމާތު:

18 ޝަޢުބާން 1437

25 މޭ 2016