ދިވެހިރާއްޖެ
އިޢުލާން
ތުޅާދޫގައި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދުގެ ވަށައިގެންވާ ބޮޑުމަގު "އަންނި މަގު" ގައި ބައްތި ޖެހުމަށް ބޭނުންވާ 16 ޑިސްޓްރިބިއުޝަން ފޮށި ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު:(IUL)321/321/2016/40 (11 މޭ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވީ 02 ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް, އަލުން އެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
- ހޯދަން ބޭނުންވާ ތަކެތި:
16 ޑިސްޓްރިބިއުޝަން ފޮށި ފައިބަރ (500x600x200 މިލިމީޓަރ) GRP ވެދަރޕްރޫޕް ވޯޓަރޕްރޫފް (ބެކް ޕްލެޓާ، ޑިންރެއިލާއެކު)
- ޕޮއިންޓުދެވޭނެ އުސޫލު
މާކުސް ދެވޭ ކްރައިޓީރިއާ |
މާކުސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
% 75 |
މާކުސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ. |
(Benchmark price/submitted price) x Allocated Percentage |
މުއްދަތު |
% 20 |
މާކުސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗުމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ. |
(Submitted Year of Experience/Bench mark year) x Allocated Percentage |
ތަޖުރިބާ |
% 5 |
މާކުސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ. |
(Profile marks /Bench mark profile marks) x Allocated Percentage |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 01 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، 6600006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ފޮނުވާ ފަރާތްތަކަށް މަޢުލޫމާތު ދެވޭނީ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ލިޔުމެއް ހުށަހެޅުއްވުމުންނެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ކައުންސިލުގެ މީޓިންގރޫމުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
18 ޝަޢުބާން 1437