މަސައްކަތް
ނަންބަރު: (IUL)306/306/2016/62
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 09 ޖޫން 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ރަމަޟާންމަހަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމާބެހޭ:

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިރަށު މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގޮތުން ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ކައުންސިލުގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި މިކަމަށް ތައްޔާރު ކުރެވިފައިވާ ބިޑް ޑޮކިޔުމަންޓް ކައުންސިލުން ގަންނަން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތުދިނުން

ބިޑް ހުށަހެޅުން

09 ޖޫން 2016، (ބުރާސްފަތި) 11:00

14 ޖޫން 2016، (އަންގާރަ) 11:00

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމުސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމުސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމުސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމުސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މި ކައުންސިލުގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1- މަސައްކަތުގެ އަގު (60 އިންސައްތަ)

2- މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3- މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލުކަމަށް (10 އިންސައްތަ)

4- މިފަދަ މަސައްކަތުގެ ތަޖުރިބާ (15 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 މޭ 2016