ޢާންމު މަޢުލޫމާތު
ނަންބަރު: 30-E1/CIR/2016/6
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:11
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

ސާރކިއުލަރ

2016 ވަނަ އަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލުން

މި މިނިސްޓްރީން 28 އޭޕްރީލް 2016 ގައި އިޢުލާން ކުރެވިފައިވާ ސަރކިއުލަރ ނަންބަރު 30-F/CIR/2016/5  އާ ޙަވާލަދީ ދަންނަވަމެވެ. 08 ވަނަ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުޤުވެރިވެލައްވާ ރަށު ކައުންސިލުތަކަށް، މިކަމަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ ފުރުޞަތު 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދޭ ފޯމު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިގޮތުން މިއަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ފުރުޞަތު ހުޅުވާލަނީ މާލޭން ދެކުނުގެ ރަށްތަކަށެވެ. ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހުށަހަޅާ ރަށަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް މި އަހަރު އެ ރަށުގައި ފާހަގަކުރާ ރަށަކަށް ނުވުމާއި އެ ރަށެއްގައި މީގެކުރިން ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވާނަމަ، އޭގެ ފަހުން 5 އަހަރު ވެފައިވާ ރަށަކަށް ވާންވާނެއެވެ. 

ދަނޑުވެރިންގެ ދުވަސް ބާއްވާ ރަށެއްގެ ޢުމްރާނީ ތަރައްޤީއަށް މާލީގޮތުން އެހީތެރިވެދިނުމުގެ ބަދަލުގައި މިނިސްޓްރީން ޚަރަދުކުރާނީ ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި އެ ރަށެއްގައި ކުރެވެން ހުރި ކަންތައްތަކެއް ކުރުމަށެވެ. އަދި ދަނޑުވެރިންގެ ދުވަހާ ގުޅުން ހުރި ޙަރަކާތްތަކާއި ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް ހިންގޭ ތަފާތު ޕްރޮގްރާމުތައް މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ ރަށުގައްޔާއި އެ ރަށެއް ހިމެނޭ އަތޮޅުގެ އެހެން ރަށްރަށަށް އަމާޒުކުރުމުގެ ވިސްނުން މި މިނިސްޓްރީން ގެންގުޅޭނެ ކަމުގައި ދަންނަވަމެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް އެދި ހުށަހަޅާ ފޯމު އިވެލުއޭޓް ކުރުމުގައި ބަލާނޭ މައިގަނޑު ކަންތައްތައް

ތަފުސީލު

ޕޮއިންޓް ދެވޭ ރޭންޖް

1- ދަނޑުވެރި ރަށަކަށްވުން

0 - 20

2- ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ސަބަބުން ރަށަށް ލިބެން ބޭނުންވާ ކުރިއެރުން

0 - 10

3- މެހުމާނުން ތިއްބެވުމަށް ރަށުން ޖާގަ ލިބޭ އަދަދު

0 - 20

4- މެހުމާނުން ތިއްބެވުމުގެ އިންތިޒާމު ހިލޭ ދެއްވާނަމަ

0 - 30

5- ރަށުގެ ފާލަމުގެ ހާލަތާއި ރަށަށް އަރައި ފޭބުމުގެ ފަސޭހަކަން

0 - 10

6- ތިއްބެވުމުގެ ޚިދުމަތުގެ އިތުރުން އެކިއެކި ޚިދުމަތްތައް ހިލޭ (ދެއްވޭނޭ) މިންވަރު

0 - 10

ޖުމުލަ:

100

29 މޭ 2016