ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.
|
މަޤާމް: |
މަސައްކަތު (ދާއިމީ) |
||
|
ބޭނުންވާ އަދަދު: |
1 (އެކެއްް) |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1 |
ރޭންކް: އެސް.އެސް. 1 |
|
މުސާރަ: |
މަހަކު -/3100 ރުފިޔާ |
||
|
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
||
|
ޑިވިޜަން/ ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް ޑިވިޜަން |
||
|
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އދ. ފެންފުށީ ޞިއްޙީ މަރުކަޒު / އދ. ފެންފުށި |
||
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
މަރުކަޒުގެ އިމާރާތްތަކުގެ އެތެރެއާއި، ގޯތިތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކުނިކެހުމާއި، މަރުކަޒުން އެކިފަރާތްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި އެފަރާތްތަކާ ހަވާލުކުރުމާއި، ކިޔަންޖެހޭ ލިސްޓްތަކަށް ކިޔުމާއި، އާންމުކޮށް އަންގަންޖެހޭ އެންގުންތަކުގެ ލިޔުންތައް އެތަކެތި ހިއްޕަންޖެހޭ ތަންތަނުގައި ހިއްޕުމާއި، ބަނދަރުން ގެންނަންޖެހޭ ތަކެތި ގެނެއުމާއި، ބަނދަރުން ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، ދިދަ ނަގައި ދިދަ ތިރިކުރުމާއި، މަރުކަޒުގައި ހައްދާފައިވާ ގަސްތައް ބެލެހެއްޓުމާއި، ގަސްއިންދައި ހެއްދުން. |
||
|
މަޤާމުގެ ޝަރުޠު: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން. |
||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
|
||
|
ޢިނާޔަތްތައް: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް. |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
1.ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓު ސައިޒުގެ ފޮޓޯއާއެކު (ފޯމު، މި މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް) 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ) |
||
|
ސުންގަޑި: |
2016 ޖޫން 8 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި މަރުކަޒަށް. |
||
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އދ. ފެންފުށީ ޞިއްޙީ މަރުކަޒުގައި. ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6680874 އެވެ. |
||
19 ޝަޢުބާން 1437