ވަޒީފާގެ ފުރުޞަތު
ނަންބަރު: GS145/IUL/2016/018
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 08 މޭ 2016 12:00
ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

މި ސްކޫލުގެ GS145/IUL/2016/07 ނަންބަރުގެ އިޢުލާނުގައި، މަޤާމުގެ ދާއިރާ ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، އެ މަޤާމަށް މުވައްޒަަފުން ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ގުރައިދޫ ސްކޫލް

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން، ގުރައިދޫ  ސްކޫލް                   

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޔައުމިއްޔާތައް ލިޔުން.
  2. ދަރިވަރުންގެ ޓެކްސްފޮތްތަކާއި ވައުޗަރގެ ކަންކަން ބެލެހެއްޓުން.
  3. ހާޒިރީ ރިޕޯޓު ހެދުމާއި، ސްކޫލުގެ ޔައުމިއްޔާއާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން.
  4. ސްކޫލަށް ހޯދާފައި ހުންނަ ފޮއްޗާއި ހިފައި ގެންގުޅޭ ތަކެތި ބޭނުންވާ ފަރާތްތަކަށް ދޫކޮށް، އެތަކެތި އަނބުރާ ހޯދައި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މަދަރުސާގެ ހަރުމުދަލާއި ހިފައި ގެންގުޅޭ ތަކެތި އެކިފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އެތަކެތި އަނބުރައި ހޯދައި، ލިޔެކިޔުންތައް ފުރިހަމަކުރުން.
  5. ސިޓީއާއި މެސެޖްތަކަށް ޖަވާބުދާރީވުމާއި، އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.
  6. ސްކޫލް ދަރިވަރުންގެ އަހަރީ އިނާމުދިނުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް ހޯދައި، ޑޮކިއުމަންޓުތައް ތައްޔާރުކުރުމާއި، ރަސްމިއްޔާތަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުން.
  7. އެންޓްރީކުރުން.
  8. ބެލެނިވެރިންނަށް ދަންނަވާ ދެންނެވުންތައް ލިޔެ ނޯޓިސްބޯޑަށް ނެރުމާއި، އިޢުލާނުތައް ލިޔެ ތައްޔާރުކޮށް ޑިސްޕްލޭކުރުމަށް ހަވާލުކުރުން.
  9. ސްކޫލުގެ ވަޒީފާތަކަށް ވަންނަ ފަރާތްތަކުގެ އިންޓަވިޔުޝީޓްތައް ތައްޔާރުކުރުމާއި، ސްކޫލަށް ވަންނަ ދަރިވަރުން ރަޖިސްޓްރީއަށް އަރުވައި ސްކޫލުން ވަކިވާ ދަރިވަރުންނަށް ލީވިންގ ސެޓިފިކެޓް ހެދުން.
  10. ޓީޗަރުންނަށް ބާއްވާ ބައްދަލުވުންތަކަށް ކިއުމާއި ނޯޓިސް ނެރުމާއި، ސްކޫލުން ވަކިވެ ސްކޫލުގައި އުޅޭ މުވައްޒަފުންނަށް ދޭންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން.
  11. މުވައްޒަފުންގެ އެޕްރައިޒަލް ފޯމުތައް ތައްޔާރުކުރުމާއި، ސްކޫލަށް ލިބޭ އެންމެހައި ލިޔެކިއުންތަކުގެ ޑޮކިއުމެންޓްތައް ފައިލްކުރުން.
  12. ސްކޫލުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  13. ސްކޫލުގެ ބަޖެޓުންނާއި ފަންޑުން ކުރަންޖެހޭ ފައިސާގެ މުޢާމަލާތުތައް، މާލިއްޔަތު ޤާނޫނާ އެއްގޮތަށް ފުރިހަމަކުރުމާއެކު، ސްކޫލުން ކުރެވޭ ފައިސާގެ މުޢާމަލާތުތަކުގެ ލިޔެކިޔުން ތައްޔާރުކޮށް ރައްކާތެރިކަންމަތީގައި ބެލެހެއްޓުން.
  14. މުވައްޒަފުންނަށް މުސާރަދިނުމަށް ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް މުސާރަ ފައިސާ މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރުން (ގަޑިލާރި ރިޕޯޓް، ކްރެޑިޓް ސްކީމް ރިޕޯޓް، އޯޓީ ރިޕޯޓް ހަދައި މުސާރަޝީޓަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ހޯދައި، މުސާރަޝީޓް ފުރިހަމަކޮށް، ކޮންމެ މަހެއްގެ 17 ވަނަ ދުވަހުގެ ކުރިން ކާށިދޫއަށް މެއިލްކޮށް، މުސާރަ ޖަމާކުރުމަށް ބީ.އެމް.އެލް.އަށް މެއިލްކޮށް ސެލެރީ ޑިޕޮސިޓް ލެޓަރތައްހަދައި ވައުޗަރ ހެދުން)
  15. މަދަރުސާއިން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ތާރީޚަށް ދައްކައި، އެކަމުގެ ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  16. ސްކޫލުގެ ސްޓޮކަށް ބޭނުންވާނެ ތަކެތި، މާލިއްޔަތު ޤާނޫނާ އެއްގޮތަށް ހޯދައި ސްޓޮކް ބެލެހެއްޓުން (ތަކެތި ގަތުމުގެކުރިން -/1000 ރުފިޔާއަށްވުރެ އަގުމަތިވާ ތަކެތީގެ އަގު 3 ތަނަކުން ބެލުމަށްފަހު، ޕީ.އޯ ހަދައި އެންމެ އަގުޔޮތަނަކުން ޚިދުމަތް ހޯދައި، ޚިދުމަތާއި ތަކެތީގެ ބިލް ލިބުމުން ބިލް ރަޖިސްޓަރީއަށް އަރުވައި، ވައުޗަރ ހެދުމަށްފަހު ތިޖޫރީއާ ހަވާލުވެހުރި ފަރާތަށް ޗެކްހެދުމަށް ވައުޗަރ ހަވާލުކުރުމާއި، ޗެކްގެ މަސައްކަތް ނިމުމުން ވައުޗަރއާގުޅޭ ޑޮކިއުމަންޓް ހަމައަށް ހުރިތޯ ބަލައި، ހަމަކުރުމަށްފަހު ޗެކާއި ވައުޗަރ ރަޖިސްޓަރއަށް އަރުވައި، ޚިދުމަތާއި ތަކެއްޗަށް ފައިސާދައްކައި ޑޮކިއުމަންޓްތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން)
  17. ހިނގަމުންދާ މަހުގެ 10 ވަނަދުވަހުގެ ކުރިން ނިމުނު މަހުގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ހުށަހަޅާންޖެހޭ ފަރާތްތަކަށް (ހާރޑްކޮޕީ އޯޑިޓް އޮފީހަށް، ސޮފްޓްކޮޕީ މިނިސްޓްރީއަށް) ހުށަހެޅުމާއި، ކޯޑްތަކަށް ގެންނަންޖެހޭ ބަދަލުގެނައުން.
  18. ކޮންމެ އަހަރަކު ދެފަހަރު މަދަރުސާގެ އިންވެންޓްރީ އަޕްޑޭޓްކޮށް ޕްރިންސިޕަލަށް ހުށަހެޅުން.
  19. ނީލަންކިޔުމުގެ ހުއްދަހޯދައި ނީލަންކިޔުމާއި، ނީލަންކިޔައިގެންނާއި އެހެންގޮތްގޮތުން ލިބޭފައިސާގެ ރަސީދުތައް ތައްޔާރުކޮށް ދުވަހުފޮތަށް އަރުވައި، ތިޖޫރީއާ ހަވާލުވެ ހުންނަ ފަރާތާ ހަވާލުކުރުން.
  20. ތަފާސްހިސާބަށް ބޭނުންވާނެ މަޢުލޫމާތު އެއްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.
  21. މުވައްޒަފުންގެ އެޓެންޑެންޓް މެޝިން އަޕްޑޭޓްކޮށް ބަލަހައްޓައި، އެކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިދާރީ އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި ދުވަހުން ދުވަހަށް ނިންމަންޖެހޭ މަސައްކަތްތައް ފުރިހަމަކުރުން.
  22. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް ކުއްލިޔަކަށް ސްކޫލުގައި ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލް ސަރވިސަސް ކަމިޝަނުގެ އާއްމުޤަވާޢިދުތަކާ ޚިލާފުނުވާގޮތެއްގެމަތިން، ސްކޫލުގެ ވެރިއަކު އަންގާކަމެއް އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތުތަން ދިން މިންވަރަކަށް ކުރުން.
  23. ސްކޫލުގައި ބާއްވާ ރަސްމިއްޔާތުތަކަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އެކަމުގައި އެހީތެރިވުން.
  24. މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުންވެސް، ކުއްލިޔަކަށް ސްކޫލުގައި ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ، ދިވެހިރާއްޖޭގެ ޤާނޫނާއި، ސިވިލް ސަރވިސަސް ކަމިޝަނުގެ އާންމު ގަވާއިދުތަކާ ޚިލާފުނުވާގޮތެއްގެމަތިން، ސްކޫލުގެ ވެރިއަކު އަންގާ ކަމެއް، އެމީހެއްގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކަށް ކުރުމާއި، ރަސްމިއްޔާތުތަކަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، އެކަމުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ގްރޭޑް  ލިބިފައިވުމުގެ އިތުރުން،  ސެކަންޑްރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ  ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ކަމުގެ ޢިލްމު ލިބިފައިވުން.

- ތަޖުރިބާ.

- އިންޓަވިއު.

ދާއިރާތައް

- އޮފީސް އެޑްމިނިސްޓްރޭޝަން

- ހިއުމަން ރިސޯސް މެނޭޖްމެންޓް

- އިންޕޮމޭޝަން އެންޑް ޓެކްނޮލޮޖީ

- އޮފީސް މެނޭޖްމެންޓް

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ޖޫން 9 ދުވަހުގެރޭ 8:30 ގައި ގުރައިދޫ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. އިންޓަވިއުއަށް ހާޒިރުވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެނައުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑުވެސް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ގުރައިދޫ ސްކޫލަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 8 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 އެވެ.

ނޯޓު: 

- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. 

- މި ވަޒީފާއަށް ހޮވޭ ފަރާތަށް ދެވޭ ޕްރޮބޭޝަންގެ 3 މަސްދުވަހުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިކުރުމަށް ހުށަހެޅޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި، ގުރައިދޫ ސްކޫލުގެ 6640574 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

18 ޝަޢުބާން 1437

25 މޭ 2016