ދިވެހިރާއްޖެ
އިޢުލާން
ތ. އޮމަދޫ ކައުންސިލުގެ އިދާރާ މަރާމާތުކުރުމާ ބެހޭ:
މި އިދާރާ ހިންގަމުން އަންނަ ޢިމާރާތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)394/394/2016/21 (02 މޭ 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތާ ގުޅޭގޮތުން ދެވޭ މަޢުލޫމާތު ދިނުން އޮންނާނީ 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ 2016 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި މި އިދާރާއަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.
17 ޝަޢުބާން 1437