މަސައްކަތް
ނަންބަރު: ASMH/MSS/IUL/2016/10
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 01 ޖޫން 2016 13:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވޯކުވޭތަކުގެ ބިތުގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ: 

މި ހޮސްޕިޓަލުގެ ވޯކުވޭތަކުގެ ތަށިމުށި ނެއްޓިފައިހުރި ބިތްތަކުގެ މުށިތައް ނަގައި ސާފުކޮށް، އަމިއްލަ ތަކެތީގައި މުށިޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: ASMH/MSS/IUL/2016/06 (12 މޭ 2016) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވި އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، މި އިޢުލާން ބާޠިލުކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް  ޝައުޤުވެރިވާ  ފަރާތްތަކުން 2016 ޖޫން 01 ވާ ބުދަ ދުވަހުގެ 13:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޝަޢުބާން 1437

26 މޭ 2016