ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2016/63
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 08 ޖޫން 2016 14:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސިސްޓަމް އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު 12،687/50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5،437/50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް:

40

 

މަޤާމުގެ ޝަރުޠުތައް:

1، އައި. ސީ. ޓީ. ގެ ދާއިރާއިން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8/7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދިކ

2. ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުމުގެ ދާއިރާއިން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމުގެ އެންމެހައި ކަންކަން ބަލަހައްޓައި، ސިސްޓަމާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމާއި، ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ޔުނިވަރސިޓީގެ ސްޓޫޑެންޓް މެނޭޖްމަންޓް ސިސްޓަމާއި، އެޗް. އާރް. ސިސްޓަމްގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފޭނެގޮތްތައް، އެ މަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް މަޢުލޫމާތުދީ، ތަމްރީން ހިންގުން.
  • ޔުނިވަރސިޓީއަށް ހޯދާ އެހެނިހެން ސޮފްޓްވެއަރ ބެލެހެއްޓުމާއި، ޔުނިވަރސިޓީއަށް ބޭނުންވާގޮތަށް ބައްޓަންކޮށްގެން އެފަދަ  ސޮފްޓްވެއަރ  ލިޔުމާއި،  އިތުރަށް  ތަރައްޤީކުރުމާއި،  ތަނުގެ  ބޭނުމަށް  ހޯދަންޖެހޭ  ސޮފްޓްވެއަރ ދެނެގަނެ އެ ހޯދުމަށް އެހީތެރިވުން.
  • ޔުނިވަރސިޓީއަށް ބޭނުންވާ އެންމެހައި ސޮފްޓްވެއަރ ފަރުމާކުރުން.
  • ނެޓްވަރކް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • އައި. ސީ. ޓީ. ގެ ދާއިރާއިން އަލަށް ތަޢާރަފްވާ ޓެކްނޮލޮޖޯ ދެނެގަނެ، އޭގެ ތެރެއިން ޔުނިވަރސިޓީއަށް ފައިދާކުރާނެ ކަންކަން ދަސްކޮށް، ޔުނިވަރސިޓީން އަންގާގޮތަށް ޔުނިވަރސިޓީއަށް އެކަންކަން ތަޢާރަފްކުރުން.
  • ޔުނިވަރސިޓީގައި ކުރެވޭ އެކިއެކި މުހިންމު މަސައްކަތްތަކުގައި ޢަމަލީގޮތުން އުޅެ، ޔުނިވަރސިޓީއަށް އެހީތެރިކަން ދިނުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން މި ފޯމު ލިބެން ހުންނާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އެކަން އަންގާ ސިޓީ ފޮނުވޭނީ، އިންޓަވިއުކުރާ ފަރާތްތަކާ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި  މަޤާމަށް  ހޮވޭ  މުވައްޒަފަކު  މަސައްކަތްކުރަން  ޖެހޭނީ،  ހެނދުނު 8:00 އާއި 22:00 އާ ދެމެދު ދުވާލަކު 6 ގަޑިއިރުއެވެ. އެ މުވައްޒަފަކު، ހޮނިހިރު ދުވަހުވެސް މަސައްކަތަށް ހާޒިރުވާން ޖެހޭނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 ޖޫން 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް، 3325488 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

19 ޝަޢުބާން 1437

26 މޭ 2016