ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)394/394/2016/30
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި:
05 ޖޫން 2016 13:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނިކަގަސްމަގުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާބެހޭ
އިޢުލާން
ނިކަގަސްމަގުގައި ހުރި ރުއްގަހުގެ ވެރިން ހޯދުމާބެހޭ
މި ރަށު މިހާރު ބޭނުންކުރަމުންދާ ފުޓްބޯޅަ ދަނޑުގެ އިރުން ފެށިގެން ސާދީވިލާ ގޯތީގެ ދެކުންއޮތް އައިރިސް ގޯއްޗާ ހަމައަށް ހެދުމަށް ހަމަޖެހިފައިވާ ނިކަގަސްމަގުގައި ހުރި ރުއްގަހުގައި 1 އިން 106 އަށް ފެހިކުލައިގެ ދަވާދުން ވާނީ ނަންބަރު ޖަހާފައެވެ.
ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން އެ ފަރާތެއްގެ ރުއްގަހުގައި ޖަހާފައިވާ ނަންބަރާއެކު އެ ރުކަކީ އެ ފަރާތެއްގެ ރުކެއްކަން ދަންނާނެ ދެ ހެކިންގެ ނަމާއި، އެޑްރެސް އެނގޭނެހެން (ހެކިން ނެތްނަމަ އެކަންވެސް ބަޔާންކުރައްވައި) 2016 ޖޫން 5 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
16 ޝަޢުބާން 1437
23 މޭ 2016