ދިވެހިރާއްޖެ
|
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
|
މަޤާމް: |
އެސިސްޓެންޓް ޑިރެކްޓަރ |
|
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
|
މުސާރަ: |
މަހަކު -/7،035 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
މަހަކު -/2،000 ރުފިޔާ |
|
ސްޕެޝަލް ޑިއުޓީ އެލަވަންސް: |
މަހަކު 2,462/25 ރުފިޔާ |
|
އިތުރުގަޑީގެ ފައިސާ: |
އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. |
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް: |
އެންވަޔަރަންމަންޓް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ޝަރުޠު: |
1. އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4. އެންވަޔަރަންމަންޓް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ރާއްޖޭގެ ގޮނޑުދޮށްތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށް ސްޓްރެޖިޓިކް ޕްލޭންތަކާއި، އެކްޝަން ޕްލޭންތަކާއި ޕްރޮގްރާމްތައް ރޭވުން. - ރަށްގިރުމުގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް ޖަވާބުދާރީވެ ޙައްލުހޯދުން. - ރަށް ގިރުމުގެ ސަބަބުން ލިބޭ ގެންލުންތައް ކުޑަކުރުމަށް އެޅިދާނެ ސަލާމަތީ ފިޔަވަޅުތަކަށް މަޝްރޫޢުތައް ރާވައި، ބޭރުގެ ފަރާތްތަކާ ގުޅިގެން އެކަމަށް ފައިސާ ހޯދައި، މަޝްރޫޢު ހިންގުން. - ޤުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށް ގިރުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. - ދިވެހިރާއްޖޭގެ ރަށްތައް ގިރުމުން ޙިމާޔަތްކުރުމާއި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތަކާއި، އުސޫލުތަކާއި، އިރުޝާދުތަކާއި ޕްލޭންތައް ހެދުން. - ޔުނިޓުން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީއާއި ރިޕޯޓާއި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ދުވަހުން ދުވަހަށް ސެކްޝަނުގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުން. - ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓުގެ އިސްވެރިޔާގެ ލަފާގެމަތިން މައްސަލަ ޙައްލުކުރުން. - ރަށް ގިރުމުގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުންނާ ހަވާލުކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ އެގްރީމަންޓާއި، އެއާ ގުޅޭ ލިޔުންތައް ތައްޔާރުކޮށް، ސޮއިކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން. - މިނިސްޓްރީން ހިންގާ އަދި ބައިވެރިވާ ތަފާތު ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން. - ކޯސްޓަލްޒޯން ޙިމާޔަތްކުރުމާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް، ބެލެހެއްޓުން. |
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
1. މަޝްރޫޢުތަކުގައި މަސައްކަތްކޮށްފައިވާ މިންވަރު. 2. ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު. 3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި، މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު. |
|
ހުށަހަޅަންޖެހޭ ތަކެތި: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން. 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެކްރެޑިޓް ކުރެވިފައިވާ) 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް) 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. 8. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ. |
|
އިންޓަވިއުއާއި އިމްތިޙާންކުރުން: |
- އިންޓަވިއުއާއި އިމްތިޙާންކުރުން، 15 ޖޫން 2016 އާއި 30 ޖޫން 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
|
ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 14 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށެވެ. |
|
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި މިނިސްޓްރީގެ 3018329 ނަންބަރު ފޯނަށް ނުވަތަ 3018330 ނަންބަރު ފޯނަށް ނުވަތަ 3018328 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
|
19 ޝަޢުބާން 1437 |
|