ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)460-AD/460/2016/13
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 02 ޖޫން 2016 14:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

 ޑިރެކްޓަރ ޖެނެރަލް، އިނޮވޭޝަންސް، ރިސަރޗް އެންޑް ފޮރިން ރިލޭޝަންސް

ބޭނުންވާ އަދަދު:

1  (އެކެއް)

މުސާރަ:

މަހަކު -/15،000 (ފަނަރަ ހާސް) ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،000 (ތިން ހާސް) ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

މަގާމުގެ ރޭންކް:

އީއެކްސް 4

ފެންވަރު ނުވަތަ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 8 ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި

2- އިނގިރޭސި ބަހަށާއި ދިވެހިބަހަށް ފަރިތަ މީހަކު ކަމުގައިވުން ނުވަތަ

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވުމާއެކު މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 3 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

4- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިގެންދިއުމާއެކު، މަޤާމުގެ މަސައްކަތަ ގުޅޭ ދާއިރާއެއްގެ މަޤާމެއްގައި އީ.އެކްސް 4 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

5- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުމާއެކު މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ހިންގުމުގެ ދާއިރާއިން ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ މަސައްކަތްތައް ތަރައްޤީ ކުރެވިދާނެ ގޮތްތައް ބަލައި ދިރާސާކޮށް، ކޮމިޝަނަރަށް މަޝްވަރާއެރުވުމާއެކު ކޮމިޝަނަރުގެ މަޝްވަރާގެ މަތީން އެކަންކަން ތަންފީޒުކުރުން.
  2. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ސެކްޝަންތަކަށް ބޭނުންވާ ލަފައާއި އިރުޝާދުދީ ސެކްޝަންތައް ހިނގަމުންދާގޮތް ބަލަހައްޓައި މަސައްކަތްތައް ތަރައްޤީ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  3. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ބޭރުގެ އެހީދޭ ޖަމާޢަތްތަކާއި އެކުވެރި ދައުލަތްތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅުން ބަދަހިކޮށް ކޮމިޝަނަރުގެ ލަފާގެ މަތިން ޕްރޮޖެކްޓްތައް ރާވައި ފަންނީ އަދި މާލީ އެހީތެރިކަން ހޯދުން.
  4. މީޑިއާއާ ގުޅުން ރަނގަޅުކޮށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދާއިރާއަށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރެވިދާނެ ޕްރޮގްރާމްތައް ރޭވުން
  5. މުވައްޒިފުންގެ އެޕްރެއިޒަލް ފޯމުތައް ކަމާބެހޭ މުވައްޒިފުން ލައްވައި ފުރިހަމަކުރުވައި، މުވައްޒިފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ޕްރޮގްރާމްތަކުގައި މުވައްޒިފުން ބައިވެރިކުރުވުން
  6. އޮފީހުންދޭ އެވޯޑާއި ދައުލަތުގެ އިދާރާތައް ދަރަޖަކުރުމާބެހޭ އެންމެހައި ކަންކަން ކަމާބެހޭ ސެކްޝަންތަކާ ގުޅިގެން ހިނގައި ބެލެހެއްޓުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ހާސިލުކޮށްފައިވާ ސަނަދުތަކުގެ ތެރެއިން މި މަޤާމަށް ބޭނުންވާ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހައިފައި)

- މަސައްކަތުގެ ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު ބަޔާން:

  • މަތީގައި ދެންނެވިފައިވާ ޝަރުޠުތަކުގައި ބަޔާން ކުރެވިފައިވާ ސެޓުފިކެޓުތަކަށްވުރެ މަތީ ސެޓުފިކެޓެއް ހުށަހަޅާފައި ވީނަމަވެސް ޝަރުޠުތަކުގައި ބަޔާންކޮށްފައިވާ ސެޓުފިކެޓު ހުށަނާޅާނަމަ، ޝަރުޠު ފުރިހަމަވާކަމަކަށް ނުބެލެވޭނެއެވެ.
  • މަތީގައިވާ ޝަރުޠުތައް ހަމަވުމާއެކު، ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ހޯދައިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މަޤާމަށް ބޭނުންވާ ދާއިރާއަކުންކަމަށް ޝަރުޠުގައި ބަޔާންކޮށްފައި އެވަނީ، އިންފޮމޭޝަން ސައެންސް ނުވަތަ އިންފޮމޭޝަން މެނޭޖްމަންޓް ނުވަތަ ޤާނޫނީ ދާއިރާއެވެ. މަޤާމާ ގުޅޭ ދާއިރާގެ ތަޖުރިބާ ކަމަށް ބުނެފައި އެ ވަނީ މެނެޖްމަންޓް ނުވަތަ ހިންގުމުގެ ދާއިރާގައި އެ އިދާރާއެއްގެ އިސްވެރިޔެއްގެ ގޮތުން ލިބިފައިވާ ތަޖުރިބާއަށެވެ.
  • މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކުން އެމީހެއްގެ ޤާބިލުކަމާއި ހުނަރު ސާބިތުކޮށްދިނުމަށްޓަކައި އަންނަނިވި ކަންކަމުގެ މައްޗަށް ދިވެހިބަހުން 7-10 މިނިޓްގެ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނެއެވެ.
  1. އެ މީހެއްގެ ޤާބިލިއްޔަތު
  2. ތަޖުރިބާ
  3. މަސައްކަތުގެ ދާއިރާގައި ހާސިލުކޮށްފައިވާ ކާމިޔާބީތައް
  4. ޑިރެކްޓަރ ޖެނެރަލެއްގެ ގޮތުން އޭނާގެ ތަސައްވަރު
  5. ދިމާވެދާނެ ކަމަށް ފެންނަ ދަތިތައް
  6. ކުރިމަތިވާ އުނދަގޫތައް ޙައްލުކުރާނެ ގޮތްތައް

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއާއި ތަން:

02 ޖޫން 2016 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ގ.ބިއްލޫރިޖެހިގެ، މަޖީދީ މަގު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދަވާން ގުޅުއްވާނީ  3010990 ނަންބަރު ފޯނާއެވެ.

 ނޯޓު: ވަޒީފާއަށް އެދޭ ފޯމު މި އޮފީހުގެ ކައުންޓަރުންނާއި މި އޮފީހުގެ ވެބްސައިޓް www.icom.mv އިން ލިބެން ހުންނާނެއެވެ.

19 ޝަޢުބާން 1437

26 މޭ 2016