ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2016/134
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި: 12 ޖޫން 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ

އިޢުލާން

އައްޑޫ ސިޓީއާއި، ފުވައްމުލަކާއި، ހުވަދު އަތޮޅުގެ ރަށްރަށް ހިމެނޭގޮތަށް ސަރަހައްދީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ (އޭ.ޕީ.ސީ)

އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭ.އެފް.ޑީ) ގެ ލޯނުގެ އެހީއާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އައްޑޫ ސިޓީގައި "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ޤާއިމުކުރުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގެދަށުން ވޭސްޓް ޓު އެނަރޖީ ސިސްޓަމް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައިކަމަށްވިއަސް، މި މަޝްރޫޢަކީ އައްޑޫ ސިޓީއާއި ފުވައްމުލަކާއި، ހުވަދު އަތޮޅު ދެކުނުބުރިއާއި، އެ އަތޮޅު އުތުރުބުރި ހިމެނޭގޮތަށް ސަރަހައްދީ ފެންވަރުގައި ކުރިއަށްގެންދިއުމަށް އެކުލަވައިލާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހިންގުމަށްޓަކައި 'ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް' (ޕީ.އައި.ޔޫ) އެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި ޕީ.އައި.ޔޫގެދަށުން މަޝްރޫޢުގެ މަސައްކަތްތައް ކޯޑިނޭޓްކޮށް މެނޭޖްކުރުމުގައި އެހީތެރިވެދިނުމަށް ދެ (02) އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރ ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް، ޕްރޮޖެކްޓް ޑޮކިއުމަންޓާއި، އިރުޝާދުތަކާ އެއްގޮތްވާގޮތުގެމަތިން ރާވައިގެން މެނޭޖްކުރުމާއި، ޕްރޮޖެކްޓް ކޯޑިނޭޓަރަށް އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގައި ޕްރޮޖެކްޓުގެ ޢަމަލީ ސިފަ ގެނައުމުގައި އެހީތެރިވުމާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށްގެންދިޔުން ހިމެނެއެވެ. މި ދެ މަޤާމަށް ހޮވޭ ފަރާތްތަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުންގެ  މަޤާމަށް  ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:

(ހ)  ކޮމާރސް ނުވަތަ ސައިންސް ސްޓްރީމުން އެޑްވާންސް ލެވެލް ސެޓުފިކެޓު ހޯދާފައިވުން.

(ށ)  މަދުވެގެން 2 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

(ނ) ދިވެހިބަހާއި އިނގިރޭސިބަހުން ލިޔުމާއި މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

(ރ) ކުނި މެނޭޖުކުރުމުގެ ދާއިރާއިން މަޝްރޫޢުތައް ހިންގުމާ ބެހޭގޮތުން މަޢުލޫމާތު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ބ) ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

(ޅ) އަމިއްލަ މަސައްކަތް ތަރުތީބުކަމާއެކު ފުރިހަމަކުރުމުގެ ޤާބިލްކަން ލިބިފައިވުމާއެކު، ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި، ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 

(ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުމާއެކު، ޕްރޮޖެކްޓުގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

(އ) މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި، އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

(ވ) މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ ހަވާލުކުރެވިފައިވާ ސިވިލް ސަރވިސްގެ މަޤާމުގެ މަސައްކަތް ކުރަމުންދާގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.

އުޖޫރަ:

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް -/15،000 ރުފިޔާއާއި -/18،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތަކީ، 36 (ތިރީސް ހައެއް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.

- ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން، އެޕްލިކޭޝަނާއެކު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

- މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

- އިތުރު މަޢުލޫމާތު ސާފުކުރުމަށް، 3018329 ނަންބަރު ފޯނަށް ނުވަތަ 3018431 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ޝަޢުބާން 1437

26 މޭ 2016