ދިވެހިރާއްޖެ
ބިޑް ހުށަހެޅުމަށް ދެވޭ ދަޢުވަތު (ދަޢުވަތު) |
|||
ބިޑް ހުށަހެޅުމަށް ދަޢުވަތުދިނުން |
|||
|
(1) |
މި އިދާރާގެ ނަންބަރު:(IUL)336/336/2016/11 އިޢުލާނަށް އެއްވެސް ފަރާތަކުން އަގުހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް ބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކޮށް ހިންގުމަށް މާލެއަތޮޅު ގުޅީގެ ހުޅަނގު އުތުރު ފަރާތުގައި އޮތް 48،218 (ސާޅީސް އަށްހާސް ދުއިސައްތަ އަށާރަ) އަކަފޫޓުގެ ބިން 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދޫކުރުމަށް، މާލެއަތޮޅު ގުޅީ ކައުންސިލުގެ ފަރާތުން ކަނޑައަޅައިފީމެވެ. އެ ބިން އޮތްތަނާއި އެ ބިމުގެ ތަފުސީލު އަންގައިދޭ "ސައިޓް ޕްލޭން" ޖަދުވަލު 1 ގައި އެވަނީއެވެ. |
|
|
(2) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާޑް/ ސްލިޕުވޭއެއް ތަރައްޤީކޮށް، އަދި އެ ބޯޓްޔާޑް/ ސްލިޕްވޭ ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، މި ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ. މި ބިޑް ޑޮކުއިމެންޓުގައި ބަޔާންކޮށްފައިވާ ގޮތަށް ތައްޔާރުކޮށް، ބިޑް ހުށަހަޅާނީ، އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކޮށް، އަދި އެ ބޯޓްޔާޑް/ ސްލިޕްވޭ ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް އެދިއެވެ. |
|
|
(3) |
ބިން ކުއްޔަށްދޭނީ ބިން ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ ތާރީޚުން ފެށިގެން 30 (ތިރީސް) އަހަރުދުވަހުގެ މުއްދަތަށެވެ. އަދި، އެ 30 (ތިރީސް) އަހަރު ދުވަހުގެ މުއްދަތު ގުނާނީ، އެ ބިމުގައި ބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކޮށް ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޢިމާރާތްކުރުމަށް ދެވޭ 03 (ތިނެއް) މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމަނައިގެންނެވެ. އެކަން ކުއްޔަށްދިނުމުގެ އެއްބަސްވުމުގައި ބަޔާންކުރެވިގެންވާނެއެވެ. |
|
|
(4) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކޮށް، އަދި އެ ބޯޓްޔާޑް/ ސްލިޕްވޭ ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމުގެ އިންތިޒާމް 2016 ޖޫން 1 ވާ ބުދަ ދުވަހުން ފެށިގެން 2016 ޖޫން 15 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ފެށިގެން މެންދުރުފަހު 13:30 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ. މާލެއަތޮޅު ގުޅީ ކައުންސިލުގެ އިދާރާ މިސްކިތް މަގު ކ. ގުޅި (ޕޯސްޓްކޯޑު 08070) ދިވެހިރާއްޖެ ޓެލެފޯނު ނަންބަރު: 6640068 ފެކްސް ނަންބަރު: 6640068 އީމެއިލް އެޑްރެސް:[email protected] |
|
|
(5) |
ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މާލެއަތޮޅު ގުޅީ ކައުންސިލުގެ އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު މާލެއަތޮޅު ގުޅީ ކައުންސިލުގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. |
|
|
(6) |
އެ ބިމުގައި އަމިއްލަ ޚަރަދުގައި ބޯޓްޔާޑް/ ސްލިޕްވޭ ތަރައްޤީކުރުމަށް، އަދި ބޯޓްޔާޑް/ ސްލިޕްވޭ ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ސައްތައިންސައްތަ ދިވެހިރައްޔިތުން ހިއްސާވާ ޕާޓްނަރޝިޕަށް ނުވަތަ ސައްތައިންސައްތަ ދިވެހި ރައްޔިތުން ޙިއްސާވާ ކުންފުންނިތަކަށެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2000 (ދެހާސް) ރުފިޔާއަށެވެ. އަދި މި ފައިސާ ބަލައިގަނެވޭނީ ނަގުދު ފައިސާއިންނެވެ. |
|
|
(7) |
ބިޑް ޑޮކިއުމަންޓު ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ. |
|
|
|
(ހ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓުގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެން ފަރާތަކުން ކަމުގައިވާނަމަ، އެފަރާތެއް، އެ ބިޑް ޑޮކިއުމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ލިޔުމެއް ނުވަތަ ކުންފުނި ޕާޓްނަރޝިޕެއްނަމަ ބޯޑުގެ ޤަރާރެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. |
|
|
(ށ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެ ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. |
|
|
(ނ) |
ބިޑް ޑޮކިއުމަންޓް ގަތުމަށް ދައްކަންޖެހޭ އަގަށްވާ -/2000 (ދެހާސް) ރުފިޔާ ބިޑު ގަތުމަށް ފޯމު ހުށަހަޅާއިރު، ކައުންސިލުގެ އިދާރާއަށް ދައްކަންވާނެއެވެ. |
|
(8) |
ބިޑް ޑޮކިއުމަންޓު ގަތުމަށް ފައިސާ ދެއްކުމުން، އެ ފައިސާ ބަލައިގަތްކަމުގެ ރަސީދެއް ކައުންސިލުގެ އިދާރާއިން ދޫކުރާނެއެވެ. އަދި ގަންނަ ބިޑް ޑޮކިއުމަންޓްގެ ސީރިއަލް ނަންބަރު އެ ރަސީދުގައި ބަޔާންކޮށްފައި އޮންނާނެއެވެ. |
|
|
(9) |
ބިޑް ޑޮކިއުމަންޓާއި ބިޑްގެ ސީރިއަލް ނަންބަރަކީ ވަކިފަރާތަކަށް ސީދާ ދޫކުރެވޭ އެއްޗެއްކަމުގައިވާތީ، އެއީ އެހެންފަރާތަކަށް ފަހުން ބަދަލުކުރެވޭނެ ނުވަތަ ނަގުލުކުރެވޭނެ އެއްޗެއް ނޫނެވެ. |
|
|
(10) |
ބިޑް ހުށަހަޅާ ކޮންމެ ފަރާތަކުންވެސް އެ ބިޑްހުށަހަޅަނީ، އެ ބިމުގައި، އަމިއްލަ ޚަރަދުގައި ބޯޓްޔާޑް/ ސްލިޕްވޭއެއް ތަރައްޤީކުރުމަށް، އަދި އެ ބޯޓްޔާޑް/ ސްލިޕްވޭ ހިންގައި، ބަލަހައްޓައި، އޮޕަރޭޓްކުރުމަށެވެ. އެހެންކަމުން، ބިން ކުއްޔަށްހިފަން ވަކި ބިޑެއް، އަދި ބޯޓްޔާޑް/ ސްލިޕްވޭއެއް ހަދަން ވަކި ބިޑެއް އެއްވެސް ފަރާތަކުން ހުށަހަޅާކަށް ނުޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް މި ބިޑް ޑޮކިއުމަންޓާ އެއްގޮތަށް އެއް ބިޑް ހުށަހެޅުމުން އެ ބިޑް އެ ހުށަހެޅެނީ، އެ ދެކަންތައްވެސް ކުރުމަށް އެދި ކަމުގައި ބެލެވޭނެއެވެ. |
|
|
(11) |
ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތުދިނުމަށްޓަކައި، 2016 ޖޫން 20 ވާ ހޯމަ ދުވަހުގެ 11:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ އެޓޯލްސް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު/މާލެގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. |
|
|
(12) |
ބިޑް ހުށަހަޅަންޖެހޭނީ، ސިޓީއުރައެއްގައި ބަންދުކޮށްފައި، ބިޑު ހުށަހަޅާ ބޭނުން ބަޔާންކޮށް 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ އެޓޯލްސް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު/މާލެއަށެވެ. |
|
|
(13) |
ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ، ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތްތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމެއްގައި، 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ އެޓޯލްސް ޕޯސްޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު/މާލެގައެވެ. |
|
(14) |
"ބިޑް ސެކިއުރިޓީ" ގެ ގޮތުގައި މި ބިޑާއެކު -/100000 (އެއްލައްކަ) ރުފިޔާގެ ބެންކް ގެރެންޓީ ދިފައިވާ ކްރޮސްޑް ޗެކެއް ހުށަހަޅަންވާނެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ. |
||
|
(15) |
ބިޑް ހުށަހެޅުމަށް އޮތް އެއްވެސް އުސޫލަކަށް ބަދަލެއް އަންނަކަމަށްވާނަމަ، ބިޑް ފޯމު ގަތް އެންމެހައި ފަރާތްތަކަށް ކައުންސިލުގެ އިދާރާއިން ލިޔުމުން އެކަން އަންގަމުން، އަދި، އެކަން އާންމުކޮށް އިޢުލާނުކުރަމުން ގެންދާނެއެވެ. |