|
1. ޕްލޭނިންގ ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭންޖެހޭ ސިޓީތަކަށް ޖަވާބުދިނުމުގެ ކަންތައް، ވެރިއެއްގެ އިރުޝާދުގެދަށުން ކުރިޔަށްގެންދިޔުން.
2. ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިގެން އެކިއެކި ފަރާތްތަކުން ހުށަހަޅާ މައްސަލަތަކަށް ދޭންޖެހޭ ޖަވާބުތަކާއި މިނިސްޓްރީން ފޮނުވަންޖެހޭ ސިޓީތައް ލިޔެ، އެތަކެތި ފޮނުވައި، ކޮޕީތައް ފައިލްކުރުން.
3. ސެކްޝަނުގެ އިދާރީ ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ހޯދައިދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
4. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން ބާއްވަންޖެހޭ މީޓިންގތަކުގައި ބައިވެރިވާ ބޭފުޅުންނަށް ސިޓީ ފޮނުވުމާއި، ފޯނުން ދެންނެވުން.
5. ސެކްޝަނުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
6. ސެކްޝަނުގެ މަސައްކަތްތަކާ ގުޅިގެން އެކިފަރާތްތަކުން ހޯދަންޖެހޭ މަޢުލޫމާތާއި ޑޮކިއުމަންޓް ހޯދައިދިނުން.
7. ސެކްޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ތައްޔާރުކޮށް، އެޑްމިނިސްޓްރޭޓިވް ސެކްޝަނާ ހަވާލުކުރުން.
8. ސެކްޝަނަށް އަންނަ ސިޓީތަކަށް އަވަހަށް ޖަވާބުދިނުމާއި، ލަސްވާ ސިޓީތަކުގެ މައްސަލަ ވެރިންނަށް ދެންނެވުން.
9. އެންޓްރީން ސެކްޝަނަށް ލިބޭ ސިޓީތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ފައިލްކުރުމާއި، އެންޓްރީ ފޮތުގައި ނޯޓްކުރުން.
10. އަހަރީ ރިޕޯޓަށް ސެކްޝަނުން ދޭންޖެހޭ މަޢުލޫމާތު ކަނޑައެޅޭ ތާރީޚަށް އެޑްމިން ސެކްޝަނާ ހަވާލުކުރުން.
|