|
1. އެކިއެކި ރެގިއުލޭޝަނުގެ މަސައްކަތްތަކުގައި ސެކްޝަނުގެ އިސްވެރިޔާ އަންގަވާގޮތަށް މަސައްކަތް ރިވިއުކޮށް ބެލެހެއްޓުން.
2. ރާއްޖޭގެ ކޮންސްޓްރަކްޝަން ސެކްޓަރާ ބެހޭގޮތުން އެކުލަވައިލާފައިވާ ޕޮލިސީތަކާއި، ގަވާއިދުތަކާއި، ކޯޑްތަކާއި، ސްޓޭންޑަޑްތައް ރިވިއުކުރުމަށްފަހު ގެންނަންޖެހޭ ބަދަލުތައް، އިސްވެރިޔެއް އަންގަވާގޮތަށް ގެނައުމާއި އާންމުކުރުން.
3. ބިލްޑިންގ ކޯޑުގެ ކޮމްޕްލަޔަންސް ޑޮކިޔުމަންޓުތަކުގެ މަސައްކަތްތައް ރިވިއުކުރުން.
4. ސެކްޝަނުން ތައްޔާރުކުރާ އެންމެހައި ގަވާއިދުތަކާއި ކޯޑުތަކާއި އެފަދަ އެހެން ލިޔުންތައް ރިވިއުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވުން.
5. މިނިސްޓްރީއަށް ހުށައެޅޭ ރަޖިސްޓަރޭޝަނުގެ މަސައްކަތްތައް އިސްވެރިޔެއްގެ ދަށުން ކުރުން.
6. އެކިއެކި ޖަލްސާތަކާއި، ވާރކްޝޮޕްތަކާއި، ސެމިނާރުތައް ރާވައި، ސެކްޝަނުގެ އިސްވެރިޔާ އަންގަވާގޮތަށް މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
7. މިނިސްޓްރީން ކުރާ އިނިސްޕެކްޝަންތަކުގައި އެހީވުން.
8. މި މިނިސްޓްރީން ބަލަހައްޓާ އިމާރާތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި އެހީތެރިވުން.
9. ސެކްޝަނުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކުރުން.
|