މަސައްކަތް
ނަންބަރު: ASMH/MSS/IUL/2016/07
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:44
ސުންގަޑި: 31 މޭ 2016 10:00
ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ގދ. މަޑަވެލި އަދި ހޯޑެއްދޫ ޞިއްޙީ މަރުކަޒުގައި ދުއްވާ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

ގދ. މަޑަވެލި އަދި ހޯޑެއްދޫ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ASMH/MSS/IUL/2016/02 (30 މާރިޗު 2016) އަދި ASMH/MSS/IUL/2016/04 (14 އެޕްރީލް 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ މެދުގައި ބިޑް އިވެލުއޭޝަން ހެދިއިރު ޝަރުޠު ފުރިހަމަވާ ތިންފަރާތް ނެތުމުން މިދެންނެވި ދެ އިޢުލާން ބާޠިލުކޮށް، ގދ.މަޑަވެލި އަދި ހޯޑެއްދޫ ޞިއްޙީ މަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މޭ 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ޖޫން 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

19 ޝަޢުބާން 1437

26 މޭ 2016