މަސައްކަތް
ނަންބަރު: (IUL)229-IED/229/2016/17
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:40
ސުންގަޑި: 01 ޖޫން 2016 12:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ވަށާފާރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރު ސްޕޯޓްސް މެނިފެސްޓޯގެ ދަށުން މި އަތޮޅު ހުޅުދުއްފާރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ ވަށާފާރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުދުއްފާރު ކައުންސިލުގެ އިދާރާގެ ނަންބަރު (IUL)302-E/302/2016/2 (19 ޖަނަވަރީ 2016) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ޖޫން 01 ވާ ބުދަ ދުވަހުގެ 12:00 އަށް މި އިދާރާ އަށެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލުގެ އިދާރާގައި 2016 ޖޫން 07 ވާ އަންގާރަ ދުވަހު 13:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނެވޭނެ ފަދަ ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، ނުވަތަ ކުންފުންޏަކުން ފޮނުއްވާނަމަ ތަމުސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ފަދަ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯސަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހުޅުދުއްފާރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ ވަށާފާރުގެ މަސައްކަތާ ބެހޭ ޕްރޮޕޯސަލް " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027  ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

19 ޝަޢުބާން 1437

26 މޭ 2016