ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS13-AC/GS13/2016/39
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 05 ޖޫން 2016 14:00
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޕްރިންޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3

މުސާރަ: މަހަކު -/3875 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރުމުން، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ވަޒީފާ އޮތް އޮފީސް: ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ފޮޓޯކޮޕީ ހެދުމާއި ޕްރިންޓްކުރުން.

ހ. ސްކޫލުން ފޮޓޯކޮޕީހައްދަން ބޭނުންވާ އެންމެހައި ތަކެތި، ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ބަލައި ޗެކުކޮށް ކޮޕީނަގައިދިނުމާއި ޕްރިންޓްކޮށްދިނުން.

ށ. ޓީޗަރުން ޕްރިންޓްކުރުވާނަމަ ނުވަތަ ކޮޕީހައްދާނަމަ، އެޗްއޯޑީން އެކަމަށް ހުއްދަދީފައިވާ ސްލިޕް ފުރިހަމަކޮށްފައިވޭތޯ ބަލައި ޗެކުކުރުމަށްފަހު ޕްރިންޓްކުރުން ނުވަތަ ކޮޕީހަދައިދިނުން.

ރ. 3 މަހުން އެއްފަހަރު ޕްރިންޓްކުރުމަށާއި ފޮޓޯކޮޕީނެގުމަށް ދާޚަރަދުގެ ތަފްސީލު، ސެކްޝަނުގެ އިސްފަރާތާ ހަވާލުކޮށް މަޝްވަރާކުރުން.

ބ. ދަރިވަރުންގެ އުނގަންނައިދިނުމާ ގުޅޭގޮތުން ފޮޓޯކޮޕީހެދުމާއި ޕްރިންޓްކުރުމުގައި ދަތިނުވާނޭހެން މަސައްކަތް ކުރިޔަށްގެންދިޔުން.

ޅ. ސްކޫލުގެ ޕްރިންޓިންގ ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރުން.

2. ފޮޓޯކޮޕީ މެޝިންތަކާއި ޕްރިންޓިންގ މެޝިންތައް މަރާމާތުކުރުވުން.

ހ. ޕްރިންޓިން މެޝިންތަކާއި ފޮޓޯކޮޕީ ހަދާ މެޝިންތައް ގިނަދުވަހު ގެންގުޅެވޭގޮތަށް ސާފުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

ށ. އެއްވެސް މެޝިނަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ކަމާބެހޭފަރާތާ މަޝްވަރާކޮށް، އެފަރާތުގެ މަޝްވަރާގެމަތިން އެކަމެއް ރަނގަޅުކުރުމަށް މަސައްކަތްކުރުން.

ނ. ސްކޫލުން މަރާމާތުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ސެކްޝަނުގެ އިސްވެރިންގެ މަޝްވަރާއާއެކު ލަސްނުކޮށް މާލެފޮނުވައިގެން މަރާމާތުކުވުން.

ރ. ސްކޫލުގެ މަސައްކަތްތަކަށް ބުރޫނާރާނެގޮތަކަށް މެޝީންތައް މަރާމާތުކުރުމުގެ ކަންތައް ހަމަޖެއްސުން.

ބ. މެޝީންތައް މާލެ ފޮނުވުމާއި މަރާމާތުކޮށް ނިމުމުން ރަށަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

ޅ. މެޝިންތައް މާލެ ފޮނުވުމުގައި މެޝިންތަކަށް ގެއްލުން ނުވާނޭގޮތަށް ރައްކާތެރިކަމާއެކު ބަންދުކޮށްފައި ފޮނުވުން.

ކ. ސްކޫލުން ބޭރަށް ފޮނުވާ މެޝީންތައް ހަވާލުކުރާ ފަރާތަކާ ލިޔުމުން ހަވާލުކުރުން.

3. ފޮތް ޕްރިންޓްކުރުން.

ހ. މި މަރުކަޒުގެ ދަރިވަރުންގެ ކުރިއެރުމަށް ސްކޫލުން ނިންމަވައިގެން ޕްރިންޓްކުރަންޖެހޭ ފޮތްތައް ޕްރިންޓްކުރުން.

ށ. ކޮންމެ ފޮތެއްވެސް ޕްރިންޓްކޮށް ނިމުމާއެކު، ލަސްނުކޮށް އެ ފޮތެއްގެ ތަފްސީލު، ސެކްޝަނުގެ އިސްވެރިޔާއަށް ދިނުން.

ނ. ފޮތުގެ އަގުކަނޑައަޅައި ވަކިގޮތަކަށް ހަމަޖެހުމުން މެނުވީ ފޮތްތައް ވަކިފަރާތަކާ ހަވާލުނުކުރުން.

ރ. ޕްރިންޓްކުރާ ފޮތްތަކުގެ ތަފްސީލު ރަނގަޅަށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު:                 

1. މަޤާމަށް ބެނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ދާއިރާ:

އިންމޮމޭޝަން ޓެކްނޮލޮޖީ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ.              

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ބާއްވާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން 1 ހަފްތާގެ ތެރޭގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ރޫމުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ރަސްމީ ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖޫން 5 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6865002 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

19 ޝަޢުބާން 1437

26 މޭ 2016