މަސައްކަތް
ނަންބަރު: (IUL)229-IED/229/2016/16
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2016
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 31 މޭ 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އަކުރިސް' ލާންޗުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

މި އިދާރާގެ "އަކުރިސް" ލާންޗުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:

މި އިދާރާގެ "އަކުރިސް" ލާންޗުގައި ކުރަންހުރި ބައެއް މަރާމާތުތައް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)229-IED/229/2016/14 (02 މޭ 2016) އިޢުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް ބިޑް ހުށަހެޅުއްވި ފަރާތްތަކުގެ ބިޑްތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. ޕުރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އަތޮޅު ކައުންސިލްގެ އިދާރާގައި 2016 ޖޫން 7 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ތެރެއިން، އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގެންނެވޭނެ ފަދަ ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވިކަން އެނގޭނެ ސިޓީއެއް، ނުވަތަ ކުންފުންޏަކުން ފޮނުއްވާނަމަ ތަމުސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ފަދަ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕުރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "އަކުރިސް ލާންޗުގެ ބައެއް މަރާމާތުތައްކުރުމާ ބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕުރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 ޝަޢުބާން 1437

26 މޭ 2016