މަސައްކަތް
ނަންބަރު: B12MC/2016/07
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 17:10
ސުންގަޑި: 02 ޖޫން 2016 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް

އިޢުލާން

ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 2016 މޭ 30 ވަނަ ދުވަހުގެ 15.00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ހދ. ކުޅުދުއްޓުށީ މެޖިސްޓްރޭޓް ކޯޓު ނުވަތަ ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.

މަސައްކަތާ ގުޅޭ ލިއުންތައް (މަޢުލޫމާތު ޝީޓް، ކުރެހުންތައް، ބީއޯކިއު، އަގު ހުށަހަޅާ ފޯމް ހިމެނޭ ބިޑް ޑޮކިއުމަންޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްގެ ވެބްސައިޓް (www.judiciary.gov.mv) އިން ލިބެން ހުންނާނެއެވެ.

ނަން ނޯޓުކުރި ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، އެ މަޢުލޫމާތު އެނގޭ ގޮތަށް އެ ފަރާތުގެ ލެޓަހެޑްގައި 02 ޖޫން 2016 ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ހދ. ނެއްލައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. 

ނަން ނޯޓުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 02 ޖޫން 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅުއްވާނީ: މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން އެފަރާތަކުން ނަން ނޯޓު ކުރެއްވި ތަނަކަށެވެ.

މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ފުރަތަމަ ކުރެވުނު މި ކޯޓުގެ ނަންބަރު: B12C/2016/06 (12 މޭ 2016) އިޢުލާނާ ގުޅިގެން ދެ ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިވާތީ، ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބާޠިލު ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.

19 ޝަޢުބާން 1437 

25 މޭ 2016