ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2016/126
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 09 ޖޫން 2016 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އިންޖިނިއަރ (އައްޑޫ ސިޓީ ހިތަދޫ)

އިޢުލާން

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ގްރާންޓް ނަންބަރ: TF019383

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެސިސްޓަންޓް ސިވިލް އިންޖިނިއަރ (އައްޑޫ ސިޓީ ހިތަދޫ)

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކާ ގުޅިގެން ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން އައްޑޫ ސިޓީ ހިތަދޫގައި މަސައްކަތްކުރާނެ އެސިސްޓެންޓް ސިވިލް އިންޖިނިއަރެއް ހޯދަން ވަނީ ބޭނުންވެފައެވެ.

އެސިސްޓަންޓް ސިވިލް އިންޖިނިއަރގެ މަސައްކަތަކީ، މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ހިންގާ މަޝްރޫޢުތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ބެލެހެއްޓުމާއި،  އިންޖިނިއަރިންގެ ދާއިރާއިން ފަންނީ ލަފަޔާއި އިރުޝާދު ދިނުމެވެ. 

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

- ސިވިލް އެންޖިނިއަރިންގ، އެންވަޔަރަންމަންޓަލް އެންޖިނިއަރިންގ ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން؛

- ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

- ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ކޮންޓްރެކްޓް ސުޕަވިޜަނުގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިފައިވުމާއި، މީގެ ތެރެއިން 1 އަހަރުދުވަހު ރާއްޖެތެރޭގައި މަސައްކަތްކޮށްފައިވުން.

- މަސައްކަތުގެ ދާއިރާއިން ކުއަންޓިޓީ ސަރވެއިންގ، އެސްޓިމޭޓިންގ، ޕްރޮޖެކްޓް ސުޕަވިޜަނުގެ ތަޖުރިބާ ލިބިފައިވުން.

- ލަކުޑީގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- މަތީގައިވާ ކަންކަމުގެ އިތުރުން، ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި، މަޝްރޫޢު އަމާޒުކުރެވޭ ސަރަހައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ، ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ޖަނަވަރީ 2011 ގައި ތައްޔާރުކޮށް، ޖުލައި 2014 ގައި އިޞްލާޙުކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި، -/15،000 ރުފިޔާއާއި -/20،000 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ 12 (ބާރަ) މަސްދުވަހެވެ. ނަމަވެސް، މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖޫން 9 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން، މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ޖޫން/ޖުލައި 2016 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް، ތިރީގައިވާ އެޑްރެހަށް ލިޔުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

18 ޝަޢުބާން 1437

25 މޭ 2016