މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2016/91
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 02 ޖޫން 2016 00:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ތ.ވިލިފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުހުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދުން

އަންދާސީހިސާބު ބޭނުންވެއްޖެ

ތ.ވިލިފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ކުށުގެ ތުހުމަތުގައި ފުލުހުުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ތ.ވިލިފުށީ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 08 ވާ ބުދަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

 

25 މޭ 2016