މަސައްކަތް
ނަންބަރު: (IUL)241-B/241/2016/27
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 30 މޭ 2016 11:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދަން

އިޢުލާން

ގއ.ވިލިނގިލި، ދާންދޫ، ގެމަނަފުށީގެ ވާރޭފެންތާނގީ މަރާމާތުކުރުމާ ބެހޭ

މިއަތޮޅުގެ ވިލިނގިލި، ދާންދޫ، ގެމަނަފުށީގެ އިޖުތިމާޢީ ސަރަހައްދުތަކުގައި ވާރޭފެން ނަގައި ރައްކާކުރުމަށް ޤާއިމުކޮށްފައިވާ ނިޒާމުތައް އެރަށްރަށުން ދެއްވާ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މޭ 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް އެރަށްރަށުގެ ރަށުކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖޫން 2016 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:30 އަށް އެރަށްރަށުގެ ރަށުކައުންސިލް އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.

  • މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް       %60
  • ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް            %30
  • ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް         % 10

މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

15 ޝަޢުބާން 1437

22 މޭ 2016