މަސައްކަތް
ނަންބަރު: (IUL)367-prs/367/2016/30
ޕަބްލިޝްކުރި ތާރީޚް: 23 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 31 މޭ 2016 10:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސު ޖެހުމާއި، ބަށިކޯޓާއި، ބާސްކެޓްކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހިންގާ ސްޕޯޓްސް އެރީނާގެ މަސްރޫޢުގެ ދަށުން މ.ކޮޅުފުށީގައި ހެދުމަށް ހަމަޖެހިފައިވާ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސު ޖެހުމާއި، ބަށިކޯޓާއި، ބާސްކެޓްކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 މޭ 2016 ވަނަ ދުވަހުގެ 10:00 ގައި މ.ކޮޅުފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށްފަހު، 15 ޖޫން 2016 ވަނަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މިއިދާރާއަށް ވަޑައިގަތުމަށް ދަންނަވަމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދަންނަވައި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.

16 ޝަޢުބާން 1437

23 މޭ 2016