ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452/23/2016/3
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 09 ޖޫން 2016 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރަމަޟާން މަހު އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ދަމަނަ ވެށިން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

އިޢުލާން

1437 ވަނަ އަހަރު ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ދަމަނަ ވެށިން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

ޚިދުމަތުގެ ނަން

ނަންބަރު ދޫކުރާ ގަޑި

ޚިދުމަތްދޭ ގަޑި

5 އަހަރުން ދަށުގެ ކުދިންގެ އިސްކޮޅާއި ބަރުދަން ބެލުން އަދި 1 އަހަރުން ދަށުގެ ކުދިންގެ ބޮލުގެ ވަށަމިން ބެލުން. ފަނީބޭސް އަދި ވިޓަމިން އޭ ދިނުން.

ހެނދުނު 10:15 އިން މެންދުރު 13:00 އަށް

ހެނދުނު 10:15 އިން ފެށިގެން ދޫކޮށްފައިހުރި ނަންބަރު ހުސްވަންދެން

އީ.ޕީ.އައިވެކްސިން ދިނުން (ކުޑަކުދިންގެވެކްސިން) / (އޮޕްޝަނަލް) ޑޮކްޓަރުން ލިޔެދެއްވައިގެން ދޭ އެހެނިހެން ވެކްސިން ދިނުން

ހެނދުނު 10:15 އިން މެންދުރު 13:00 އަށް

ހެނދުނު 10:15 އިން ފެށިގެން ދޫކޮށްފައިހުރި ނަންބަރު ހުސްވަންދެން

ޓްރެވެލާސް ވެކްސިން ދިނުން (ޙައްޖު/ ޢުމްރާ، ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ފަރާތްތަކަށް ޖަހައިދޭ ވެކްސިން ޖަހައިދިނުން)

ހެނދުނު 10:15 އިން މެންދުރު 13:00 އަށް

ހެނދުނު 10:15 އިން ފެށިގެން ދޫކޮށްފައިހުރި ނަންބަރު ހުސްވަންދެން

ޢާއިލާ ރޭވުމާބެހޭ ޚިދުމަތް، ސިޒޭޝަން ކްލިނިކުގެ ޚިދުމަތް، ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތް

ހެނދުނު 10:15 އިން މެންދުރު 13:00 އަށް

ހެނދުނު 10:15 އިން ފެށިގެން ދޫކޮށްފައިހުރި ނަންބަރު ހުސްވަންދެން

އެން.ސީ.ޑީ ކްލިނިކު (އާދީއްތަ އަދި ބުދަ ދުވަހު)

ހެނދުނު 10:15 އިން މެންދުރު 13:00 އަށް

ހެނދުނު 10:15 އިން ފެށިގެން ދޫކޮށްފައިހުރި ނަންބަރު ހުސްވަންދެން

ޚިދުމަތްދިނުން އޮންނާނީ ހުކުރު، ހޮނިހިރު ފިޔަވައި އަދި ސަރުކާރު ރަސްމީ ބަންދުވަސް ދުވަސްފިޔަވައި ކޮންމެ ދުވަހަކު މަތީގައި ދެންނެވިފައިވާ ގަޑިތަކުގައެވެ. ވީމާ، ޚިދުމަތް ހޯއްދެވުމުގައި މި ގަޑިތަކާއި ދުވަސްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

18 ޝަޢުބާން 1437

25 މޭ 2016