މަސައްކަތް
ނަންބަރު: 237-C/2016/20
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 31 މޭ 2016 10:30
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ފ. މަގޫދޫ ޞިއްޙީ މަރުކަޒުގައި ތިރީގައި ދަންނަވާފައިއެވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތަކާއި، ތަކެތި ދިނުމުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1. ކަރަންޓު ވައިރުކުރުން

2. ފާޚާނާތައް މަރާމާތުކުރުން

3. އަސްކެނި ސީލިންގ އަދި ޢިމާރާތުގެ އެތެރޭ ސީލިންގފިލާތައް ބަދަލުކުރުން

4. ނަލަފިލާ އަދި ސީލިންގ މަރާމާތުކުރުން

5. އޮފީސް ޢިމާރާތުގެ ފުރާޅު ބަދަލުކުރުން

6. ދޮރާއި ދޮރުފަތް ބަދަލުކުރުން

7. ވާރޭފެންނަގާ ތާނގީ ހިޔާކުރުން

8. އެއަރކޮންޑިޝަން ބެހެއްޓުން

9. ޕޯޓިކޯ ހެދުން

ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 މޭ 31 ވަނަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވަނަ ދުވަހުގެ 10.30 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ އޮފީސްބަޔާއި، ކްލިނިކް ބައިގެ އަގުތައް ވަކިން އެނގޭ ގޮތަށެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

19 މޭ 2016